ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން ގައި، ރާއްޖޭގެ އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން ގައި، ރާއްޖޭގެ އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ޕާކިސްތާނުގައި އަންނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ 41 ވަނަ "ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން 2025" ގައި ދިވެހިރާއްޖޭގެ އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައުރަޒު އޮންނާނީ އޮކްޓޯބަރު 7 އިން 9 އަށް ޕާކިސްތާނުގެ ލާހޯރުގައި ހުންނަ ޕާލް ކޮންޓިނެންޓަލް ހޮޓެލްގައެވެ. މި މައުރަޒަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރަޖިސްޓްރީކޮށް އެޕްރޫވަލް ލިބޭ ފަރާތްތަކަށް ޕާލް ކޮންޓިނެންޓަލް ހޮޓެލް ލާހޯރުން ތިން ރޭގެ ހިލޭ ހުރުމުގެ އިންތިޒާމު ހިމެނެއެވެ. މީގެ އިތުރުން ޕާކިސްތާން ސަރުކާރުން ކަނޑައަޅާ އެހެނިހެން ޚާއްޞަ ޕެކޭޖުތަކެއްވެސް ފޯރުކޮށްދެވޭނެއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 އޮގަސްޓް 14 ވާ ބުރާސްފަތި ދުވަހުގެ ކުރިން [email protected] އަށް އެޕްލިކޭޝަން ފޯމް ފޮނުވަން ޖެހޭނެއެވެ.

ޕާކިސްތާން ކާޕެޓް މެނުފެކްޗަރާރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (ޕީސީއެމްއީއޭ) އާއި ޓްރޭޑް ޑިވެލޮޕްމަންޓް އޮތޯރިޓީ އޮފް ޕާކިސްތާން (ޓީޑީއޭޕީ) ގުޅިގެން ބާއްވާ މި މައުރަޒުގައި، ކާޕެޓް އަދި ފްލޯރިންގ ސިނާޢަތުގެ އިތުރުން ހޭންޑްމޭޑް ކާޕެޓް އުފެއްދުންތެރިންނާއި އެކްސްޕޯޓަރުން އެ ފަރާތްތަކުގެ އަގުހުރި އުފެއްދުންތައް ސްޓޯލްތަކެއްގައި ދައްކުވައިދޭނެއެވެ.

މިއަދު އޮންލައިން