މިއަހަރުގެ މިހާތަނަށް އާސަންދަ ސްކީމަށް 1.1 ބިލިޔަން ރުފިޔާ ޚަރަދުކޮފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
މިއަހަރުގެ މިހާތަނަށް އާސަންދަ ސްކީމަށް 1.1 ބިލިޔަން ރުފިޔާ ޚަރަދުކޮފި

މިއަހަރުގެ މިހާތަނަށް އާސަންދަ ސްކީމަށް 1.1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން ޖުލައި 17 އާ ހަމައަށް ދައުލަތުގެ ބަޖެޓުން އާސަންދައަށް މި ބޮޑު އަދަދު ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައިގެ ސްކީމްތަކަށް ޚަރަދުކޮށްފައިވަނީ 1.0 ބިލިޔަން ރުފިޔާއެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި އާސަންދައަށް ޖުމްލަ 1.8 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އަހަރުގެ މިހާތަނަށް އައިއިރު، އާސަންދައަށް ކަނޑައެޅި ބަޖެޓުން ބާކީ އޮތީ އެންމެ 7 މިލިޔަން ރުފިޔާ ކަމަށް ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އާސަންދައިގެ ޚަރަދުތައް މިހާ ބޮޑުތަނުން އިތުރުވެފައިވުމަކީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކަށް ރައްޔިތުން ކުރާ ބޭނުން އިތުރުވެފައިވާކަން ދައްކުވައިދޭ ކަމެކެވެ. އަދި މިކަމަކީ ދައުލަތުގެ ބަޖެޓަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން