ދަނޑުވެރި ނަފާ ލޯނު މިހާތަނަށް 45 ފަރާތަކަށް ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދަނޑުވެރި ނަފާ ލޯނު މިހާތަނަށް 45 ފަރާތަކަށް ދޫކޮށްފި

މި ވުޒާރާ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) އާއި ގުޅިގެން ދޫކުރާ ދަނޑުވެރިނަފާ ލޯނު މިހާތަނަށް 45 ފަރާތަކަށް ވަނީ ދޫކޮށްފައެވެ.

ދަނދުވެތިންގެ ޕޯޓަލްގައި ރަޖިސްޓްރީ ވެފައިވަނީ 6699 ފަނޑުވެރިންނެވެ.

އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނު ގެ އިތުރުން 2 މިލިޔަނާއި ހަމައަށް ނެގޭ ލޯނު ދޫކުރާއިރު އެންމެ ގިނަމީހުން ނަގާފައިވަނީ 2 މިލިއަންގެ ލޯނެވެ. ލޯނު ނެގި ދަނޑުވެރިންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށްކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ފާހަގަކުރެއެވެ. އެގޮތުން ވާރޓިކަލް ފާރމިންގ، އަދި ގުރީން ހައުސް ފާރމިން. އަށް ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާކަން ފާހަގަވެއެވެ.

އެސްޑިއެފްސީ އިން ބުނީ ޒަމާނީ ދަނދުވެރިކަމަށް ދަނޑުވެރިންގެ ފޯކަސް ހުރިނަމަވެސް ޕޮއެލްޓްރީ ފަރމިންގ ނުވަތަ ކުކުޅު ފާމިންގ ފަދަ ކަންކަމަށް ސަމާލުކަން ދޭ މިންވަރު ކުޑަކަމަށެވެ.

ދަނޑުވެރިނަފާ ލޯނުގައި 2ކެޓެގްރީއެއް ވަނީ ހިމަނާފައެވެ. އެއީ އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނަކާއި އެއްލައްކައިން ފެށިގެން 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށްވެސް އަހަރަކު ނަގާނީ 6 އިންސައްތައިގެ އިންޓަރެސްޓެވެ. އެހެން ނަމަވެސް އެއްލައްކަ ރުފިޔާއާއި ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައިވަނީ 3 އަހަރެވެ. އަދި 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން 7 އަހަރެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން