ރަސްމީ ރިޒާވުގައި 832 މިލިޔަން ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރަސްމީ ރިޒާވުގައި 832 މިލިޔަން ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި 832 މިލިޔަން ޑޮލަރު ހުރިކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެމްއެމްއޭގެ މަހުން މަހަށް ނެރޭ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ ޖޫން މަހު ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރީ 832.4 މިލިޔަން ޑޮލަރެވެ. މިއީ މެއި މަހާ އަޅާބަލާއިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ. މެއި މަހު ރަސްމީ ރިޒާވުގައި ހުރީ 815.8 މިލިޔަން ޑޮލަރެވެ.

ނަމަވެސް، ރަސްމީ ރިޒާވަށް ކުރިއެރުން ލިބުނު ނަމަވެސް، ބޭނުންކުރެވޭ ރިޒާވް ވަނީ ދަށްވެފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޖޫން މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 203 މިލިޔަން ޑޮލަރެވެ. މިއީ މެއި މަހު ހުރި 217.9 މިލިޔަން ޑޮލަރާ އަޅާބަލާއިރު 6.8 އިންސައްތައިގެ ދަށްވުމެކެވެ.

ބޭނުންކުރެވޭ ރިޒާވް ދަށްވެފައިވަނީ ކުރު މުއްދަތުގައި ދައްކަންޖެހޭ ބޭރުފައިސާގެ އިލްތިޒާމުތައް އިތުރުވުމާ ގުޅިގެންނެވެ. މި އިލްތިޒާމުތަކަށް މެއި މަހު 742.5 މިލިޔަން ޑޮލަރު ދައްކާފައިވާއިރު، ޖޫން މަހު އެ އަދަދު ވަނީ 774.5 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ.

މާހިރުން ފާހަގަކުރާގޮތުގައި ރާއްޖޭގެ ރިޒާވް ހާލަތު ރަނގަޅުކުރުމަށް ބޭރުފައިސާ ލިބޭ މަގުތައް އިތުރުކޮށް، ޚަރަދުތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުން މުހިންމެވެ.

މިއަދު އޮންލައިން