ބަންކަރިން ޚިދުމަތުން 157 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބަންކަރިން ޚިދުމަތުން 157 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

ބަންކަރިން ޚިދުމަތް ފެށުނު ފަހުން މިހާތަނަށް 157 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އާމްދަނީ އިތުރުކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ދޭ މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ބޭނުންކޮށްގެން ދެމުންގެންދާ ޚިދުމަތެކެވެ. ޚިދުމަތް ފެށުނު ފަހުން މި ޚިދުމަތް ހޯދާ ފަރާތްތައް އިތުރުވެ، ލިބޭ އާމްދަނީވެސް ދަނީ އިތުރުވަމުންނެވެ.

އިޤްތިޞާދީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް މި ޚިދުމަތުން 44.9 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއަހަރުގެ ތެރޭގައި އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ފެބްރުއަރީ، މާރިޗު އަދި އެޕްރީލް މަހުގައެވެ. މި ތިން މަހުވެސް 20 މިލިޔަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ އާމްދަނީ ލިބިފައިވެއެވެ.

މިއަހަރު މަހުން މަހަށް ލިބުނު އާމްދަނީ:

- ޖަނަވަރީ: 10،008،987.54 ރުފިޔާ
- ފެބްރުއަރީ: 21،943،908.40 ރުފިޔާ
- މާރިޗު: 21،293،722.72 ރުފިޔާ
- އެޕްރީލް: 24،139،564.21 ރުފިޔާ
- މޭ: 8،040،384.56 ރުފިޔާ
- ޖޫން: 13،099،903.56 ރުފިޔާ
- ޖުލައި: 13،603،460.78 ރުފިޔާ

ބަންކަރިން ޚިދުމަތް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، މިއަހަރުގެ ފުރަތަމަ 7 މަހުގެ ތެރޭގައި 112.2 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ފަހު 4 މަސް ހިމަނައިގެން މުޅި ޖުމްލަ އާމްދަނީ 157 މިލިޔަން ރުފިޔާ ހުރަސްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން