އެޑެކްސެލް އަދި އެޗް.އެސް.ސީ އިމްތިހާނުތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެޑެކްސެލް އަދި އެޗް.އެސް.ސީ އިމްތިހާނުތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި

2025 ވަނަ އަހަރުގެ ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އައި.އޭ.އެލް އާއި އެޗް.އެސް.ސީ އިމްތިޙާނު ހަދާ ދަރިވަރުންގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މި އިމްތިހާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން 2025 އޮގަސްޓް 03 ވާ އާދީއްތަ ދުވަހުން ފެށިގެން 2025 ޖުއޮގަސްޓް 12 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކުރިއަށް ގެންދާނޭކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓްގެ ކައުންޓަރުން (ޢިއްޒުއްދީން ބިލްޑިންގ) އަދި ޑިޕާޓްމަންޓްގެ ވެބްސައިޓް (www.dpe.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މެއިލް ([email protected]) ކުރެވޭނެއެވެ.

ފައިސާ ބައލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ބަނޑޭރީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ފޯމު ޗެކް ކުރުމަށްފަހު، ފައިސާ ދެއްކުމަށް ބޭނުންވާ ލިންކު، އީމެއިލް މެދުވެރިކޮށް ފޮނުވާނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން