ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސްތަކެއް ތަޢުލީމީ ވުޒާރާއާ ގުޅިގެން އައިޔޫއެމް އާއި ވިލާ ކޮލެޖުގައި ފެށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސްތަކެއް ތަޢުލީމީ ވުޒާރާއާ ގުޅިގެން އައިޔޫއެމް އާއި ވިލާ ކޮލެޖުގައި ފެށަނީ

އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން (ސެން ޓީޗަރުން) ތަމްރީނުކުރުމުގެ ކޯސްތަކެއް ތަޢުލީމީ ވުޒާރާއާ ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ކޯހާ ގުޅޭ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އެވެ. އައިޔޫއެމްގެ ފަރާތުން ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު އަދި ވިލާ ކޮލެޖުގެ ފަރާތުން ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބު ސޮއިކުރެއްވިއެވެ.

އައިޔޫއެމްގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. ޢާއިޝަތު ޝިނާ ވިދާޅުވިގޮތުގައި، މި ކޯހަކީ އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން އެކަމަށް ޤާބިލު ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ކޯހެކެވެ. "މި ކޯސް މައިގަނޑުގޮތެއްގައި 8 މޮޑިއުލެއްގެ މައްޗަށް ޚާއްސަކުރެވިފައި މިވަނީ. ކޯސް ފަރުމާ ކުރުމުގައި އަޅުގަނޑުމެން މި ދާއިރާއިން ތަޚައްސުސު ވެފައިވާ ބޭފުޅެއްގެ އެހީތެރިކަން ހޯދައިގެން ވަރަށް ބޮޑަށް ކަރިކިއުލަމްގެ ތެރެއިން ޚާއްސަކޮށްގެން ކޯސް ފަރުމާކޮށްފައި ވާނީ،" ޑރ. ޝިނާ ވިދާޅުވިއެވެ.

އެއް އަހަރު ދުވަހުގެ މި ޑިޕްލޮމާ ކޯސް ކުރިއަށްގެންދާނީ މާލޭގެ އިތުރުން އައިޔޫއެމްގެ ކެމްޕަސްތައް ހުންނަ ހުރިހާ ރަށެއްގައެވެ. ކޯހުގައި ކިޔަވާ 8 މޮޑިއުލްގެ އިތުރުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް 4 ވޯކްޝޮޕެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން