އެއީ ވަޑާންކުރާ މީހެކެވެ. ވރަށް އާދައިގެ ގޮތަކަށް ފެށި މަސައްކަތް ކުރިއަރައިގެން ދިއައެވެ. އެހެންވެ އޭނާއަށް އަނބިމީހާއަށާއި ދަރިފުޅަށް ދޭންޖެހޭ ސަމާލުކަމެއް ނުދެވެއެވެ. ރޭގަނޑު ދަންވަންދެންވެސް ކުރީ މަސައްކަތެވެ. ހަފްތާ ބަންދުގައިވެސް ކުރީ މަސައްކަތެވެ.
10 އަަހަރުވީއިރު އަތުގައި ފައިސާހުއްޓެވެ. ރަނގަޅު ފެންވަރުގެއެއްވެސް ވަނީ އެޅިފައެވެ. ޢާއިލާއަށް ބޭނުންވާނެ ހުރިހާ ކަމެއް ވަނީ ފުރިހަމަކޮށްދެވިފައެވެ. އެހިސާބަށް ދެވުމުން ބުންޏެވެ. "ދަންވަރު މަސައްކަތްކުރުން ނިމުނީއެވެ. ހަފްތާ ބަނދުގައި މަސައްކަތްކުރުންވެސް ނިމުނީއެވެ. ދެން މަސައްކަތްކުރާނީ ޢާއިލާއަށް ވަޤުތުދެމުންނެވެ."
އެހެންވެ އެދުވަސް ވެގެންދިއައީ ޢާއިލާއަށް ލިބުނު އެންމެ އުފާވެރިދުވަހަށެވެ. އެދުވަސް ހޭދަކުރީ އެންމެން އެކުގައެވެ. ނަމަވެސް އަނެއް ދުވަހުގެ ހެނދުނު ވެެގެންދިއައީ ދަރިފުޅަށާއި އަނބިމިހާއަށް އެންމެ ހިތާމަވެރި ދުވަހަށެވެ. އެރޭގެ ނިދީގައި ފިރިމީހާ މަރުވީއެވެ.
ވިސްނައިލާށެވެ! ޢާއިލާއަށް އެކުގައި އުފަލުގައި ހޭދަކުރެވުނީ އެންމެ ދުވަހެކެވެ. ދެނެއް ހަމަޤައިމުވެސް 3 މީހުން އެކުގައި އެންމެ ދުވަހެއްވެސް ހޭދައެއް ނުކުރެވޭނެއެވެ.
އަހުރެން ބުނެލަން ބޭނުންވަނީ ކޮންމެ މީހަކުވެސް ދިރިއުޅުމުގައި ކުރިއަރައިދާން ބޭނުންވާނެއެވެ. ނަމަވެސް ޢާއިލާއަށް ދޭންޖެހޭ ވަޤުތުދޭށެވެ. އެކުގައި ތިބެ އުފާކުރާށެވެ! އުފާވެރިކަމަކީ ހަމައެކަނި ތަނަވަސްކަން ކަމުގައި ނުދެކޭށެވެ.
މިޙާދިސާއިން ޙާޞިލުކުރަންޖެހޭ އެްނމެ މުހިންމު ޢިބްރަތަކީ މިހާދިސާގެ ވާހަކައަށް ބަލާއިރު މަރުވުމަށްވެސް އޭނާއަށް ތައްޔާރުވެވިފައެއް ނުވާނެއެވެ. އަަބދު މަސައްކަތުގައި އުޅުނީތީއެވެ. އެއަށްވުރެ ބޮޑު ދެރައަކީ ކޮބައިހެއްޔެވެ؟
އޭނާއަކީ ރަނގަޅު މީހެކެވެ. މަސައްކަތްކުރީ ޢާއިލާއަށް ތަނަވަސްކަމާއި އުފާވެރިކަން ހޯދައިދިނުމަށެވެ. ވީމާ ދުޢާއަކީ އޭނާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވެވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން