ހަވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް (އެމް.އެމް.އެސް.އެސް) 2026 އަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ. ދިވެހިރާއްޖޭގެ ކަނޑުތަކާ ގުޅުންހުރި ދިރާސާތައް ކުރައްވާ ފަރާތްތަކަށް މިއީ އެބްސްޓްރެކްޓް ހުށަހަޅަން ލިބުނު ފުރުސަތެކެވެ.
އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހުގެ 14:00 ޖެހުމާ ހަމައެވެ. މި ސިމްޕޯޒިއަމް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ތިމާވެއްޓާއި ދިރުންތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އެބްސްޓްރެކްޓް ހުށަހެޅުމަށް ގޮވާލާފައެވެ.
މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމްއަކީ ރާއްޖޭގައި މެރިން ސައިންސް ދާއިރާއިން ކުރާ ދިރާސާތަކުގެ މަސައްކަތްތައް އެއްތަނަކުން ހިއްސާކުރެވޭ މައިގަނޑު ޕްލެޓްފޯމެވެ. މި ސިމްޕޯޒިއަމްގެ މައިގަނޑު މަޤްޞަދަކީ ކަނޑުތަކާ ގުޅުންހުރި ޢިލްމީ ދިރާސާތަކާއި، ހޯދުންތައް ދިރާސާކުރާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ޢަމަލީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނެއްގައި ބައްދަލުކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ދިނުމެވެ.
ހަވަނަ އެމް.އެމް.އެސް.އެސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 4 އާއި 5 ވަނަ ދުވަހު، މާލޭގައެވެ.
ފާއިތުވެ ދިޔަ ސިމްޕޯޒިއަމްތަކާއި އެއްގޮތަށް، މި ސިމްޕޯޒިއަމްގެ ސަބަބުން ދިރާސާކުރާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ޢަމަލީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނެއްގައި ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މުހިންމު މަޢުލޫމާތު ތަކެއް ލިބި، މުހިންމު ކޮލާބޮރޭޝަންތަކަށް ފުރުޞަތުތައް ހުޅުވިގެންދާނެއެވެ. މިއީ ރާއްޖޭގެ ކަނޑުގެ ދިރާސާތައް ކުރިއެރުވުމަށްޓަކައި މުހިންމު ފިޔަވަޅެކެވެ.
ހަބަރު: ސަރުކާރު