ކުރީ ސަރުކާރުން ޗާޕުކުރި ފައިސާގެ ތެރެއިން 2.1 ބިލިއަން ރުފިޔާ ނަގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކުރީ ސަރުކާރުން ޗާޕުކުރި ފައިސާގެ ތެރެއިން 2.1 ބިލިއަން ރުފިޔާ ނަގައިފި

ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރުވި ފައިސާގެ ތެރެއިން 2.1 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.

މަރުކަޒީ ބޭންކުން މި މަޢުލޫމާތު ހާމަކޮށްފައިވަނީ މަނިޓަރީ ސިޔާސަތު ތަންފީޒުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ. އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކޮށް، އެ ފައިސާ ތިން ފަހަރެއްގެ މަތިން ދިގު މުއްދަތުގެ ބޮންޑުތަކަކަށް ބަދަލުކޮށްފައިވެއެވެ.

ކޯވިޑް-19ގެ ދުވަސްވަރު ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ޢަމަލުކުރުން މަޑުޖައްސާލުމަށްފަހު ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން، ބޭންކިން ނިޒާމުގައި ދައުރުވަމުންދިޔا ދިވެހި ރުފިޔާގެ މިންވަރު 178 އިންސައްތަ އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި، ބޭރު ފައިސާގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވެއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، އެމްއެމްއޭއިން ވަނީ މިދިޔަ ޖުލައި 23 ވަނަ ދުވަހު އޯޕަން މާކެޓް އޮޕަރޭޝަން ފަށާފައެވެ. މިއީ ޗާޕުކޮށްފައިވާ ފައިސާ އިޤްތިޞާދުން ނެގުމަށް ހިންގޭ އޮޕަރޭޝަނެކެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 2.1 ބިލިއަން ރުފިޔާ ވަނީ އިޤްތިޞާދުން ނަގާފައެވެ.

އެމްއެމްއޭއިން މި އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވެ، ދިވެހި ރުފިޔާގެ އަގު ސްޓެބިލައިޒްވެގެންދާނެ ކަމަށް އެ އޮތޯރިޓީން އުންމީދުކުރެއެވެ.

މިއަދު އޮންލައިން