7 އަތޮޅެއްގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
7 އަތޮޅެއްގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

އިމާރާތްކުރުމާބެހޭ ވުޒާރާއިން 7 އަތޮޅެއްގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ހުރިހާ ރަށެއްގެ މަގުތައް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން މަގުތައް ތަރައްޤީކުރާ ރަށްތަކުގެ ތެރޭގައި ހއ. ތުރާކުނު، ހދ. ނޮޅިވަރަންފަރު، ހދ. ފިނޭ، ށ. މަރޮށި، ނ. މާފަރު، ބ. ތުޅާދޫ، ބ. ކުޑަރިކިލު، މ. މުލި، ތ. ގުރައިދޫ، ތ. ހިރިލަންދޫ އަދި ތ. ކިނބިދޫ ހިމެނެއެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 842.2 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު ޚަރަދެއް ކުރާނީ ނ. މާފަރުގެ މަގުތައް ތަރައްޤީކުރުމަށް ކަމަށްވާއިރު، އެ ރަށުގެ މަގުތައް ތަރައްޤީކުރުމަށް 116 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އޭގެ ފަހަތުން އެންމެ ބޮޑު ޚަރަދެއް ކުރާނީ ހދ. ނޮޅިވަރަންފަރަށް ކަމަށްވާއިރު، އެ ރަށުގެ މަގުތަކަށް 101.2 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު ސޮއިކުރެއްވިއެވެ. އަދި އާރުޑީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ސޮއިކުރެއްވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ މަގުތަކުގެ ޚިދުމަތް ލިބި، ދަތުރުފަތުރުގެ ނިޒާމު ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން