ޢިބްރަތްތެރި ވާހަކަ: ސިފަހުތުރުކަމުން ފިރިހެނުންގެ ސަމާލުކަން ނުލިބި ހުންނަންޖެހުނު އަންހެނަކަށް ހެޔޮލަފާ ފިރިއަކާ މައިދައިތައެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ޢިބްރަތްތެރި ވާހަކަ: ސިފަހުތުރުކަމުން ފިރިހެނުންގެ ސަމާލުކަން ނުލިބި ހުންނަންޖެހުނު އަންހެނަކަށް ހެޔޮލަފާ ފިރިއަކާ މައިދައިތައެއް ލިބުނު ގޮތުގެ ވާހަކަ-

ފުރަތަމަވެސް ބުނެލާނަމެވެ. އަޅުގަނޑަކީ އެހައި ސިފަ ރީތި އަންހެނެއް ނޫނެވެ. އެހައި މައްޗަށް ކިޔެވިފައި ނެތުމުން ލިބުނީވެސް ވަރަށް އާދައިގެ ވަޒީފާއެކެވެ. ވަޒީފާގައި ހުރެގެން އައީ ކިޔަވަން މަސައްކަތްކުރަމުންނެވެ.  

އަހުރެންގެ ސިފަ ރީތި ނޫންވީމާ ފިރިހެނުން އަހުރެންނަށް ސަމާލުކަމެއް ނުދެއެވެ. އެކަން އަޅުގަނޑު ބަލައިގަތީ ލެއްވެވި ބޮޑު ރަހްމަތެއް ކަމުގައެވެ. އަޅުގަނޑުވެސް ބައިވެރިއަކު ހޯދާކަށް މަސައްކަތެއްވެސް ނުކުރަމެވެ.  

އޮފީހުގައި އަޅުގަނޑަށް ހެޔޮއެދޭ އެކުވެރިއަކު ހުރެއެވެ. އެއްދުވަހަކު އޭނާ ބުނީ ހެޔޮލަފާ އަންތބަކު ހޯދަން މަސައްކަތްކުރާ ޒުވާނަކު އެބަހުރިކަމަށާއި އެކުވެރިޔާއާއިއެކު އޭނާ އާއި ބައްދަލުކޮށްލަން އެގެއަށް ގޮސްލަން އެދޭ ކަމަށެވެ.  

އެކުވެރިޔާގެ ހުށަހެޅުން ޤަބޫލުކޮށް އެގެއަށް ދިއައިމެވެ. އެކުވެރިޔާ ދެއްކި ޒުވާނާއަކީ ކުޑައިރު ސްކޫލުގައި އެކުގައި އުޅުނު ކުއްޖެކެވެ. އެކަމަކު ގިނަ ދުވަސްތަކެއްވެފައި ފެނުމުން އޭނާއަކަށް އަޅުގަނޑެއް ފާހަގައެއް ނުކުރެވުނެވެ.  

އަޅުގަނޑު އަމިއްލައަށް ތަޢާރްފަވެ ނަން ބުނުމުން އޭނާ ދިއައީ ސިއްސައިގެންނެވެ. ކުޑައިރުގެ ވާހަކަދައްކާލަން އިރުކޮޅަކު ތިބެފައި އޭނާ އަޅުގަނޑު ގޮވައިގެން ގޮސް ދެއްކީ އެނދެއްގައި އޮތް ބަލި އަންހެނެކެވެ. އެއިރުވެސް އައިވީ ހުރީ ގުޅައިފައެވެ. ދައްކާފައި ބުންޏެވެ. "ނަރީއެވެ. މިއީ އަހުރެންގެ މަންމައެވެ. މިހައި ބަލި މަންމައެއް ބަލައިނުދޭންވެގެން އެއްވެސް އަންހެނަކު އަހުރެންނާއި ކައިވެނިކުރާކަށް އެއްބަހެއް ނުވެއެވެ. ނަރީ ބުނާނީ ކީކޭ ހެއްޔެވެ؟ ނަރީ އަހުރެންނާއި ކައިވެނިކޮށްފިނަމަ އަހުރެންނަކީ ހެޔޮ ފިރިއެއްކަން ޘާބިތުކޮށްދޭނަމެވެ."  

ޖަވާބުގައި ނަރީ ބުނީ "މިހައި ބަލި މަންމައެއް ބެލުމުގެ ޒިންމާ ރަނގަޅަށް އަދާކުރެވޭނީ ވަޒީފާއަށް ނުގޮސް ގާތުގައި ހުރެވޭނެ ނަމައެވެ. ވަޒީފާއަށް ދަމުންވެސް ބެލޭ ގޮތަކަށް ބަލައިދޭނަމެވެ. މަންމައަށް ހެޔޮކޮށް ހިތުމަކީ ކުރެވޭނެ އެންމެ ފައިދާހުރި ކަންތަކެވެ. އެހެންވީމާ މަންމަ ބަލައިދިނުމަށް މިހުރީ ތައްޔާރަށެވެ." ނަރީގެ ޖަވާބާއިއެކު މަންމަ ހިނިތުންވެލުމުން ނަރީ ގޮސް މަންމަގެ ގައިގައި ފިރުމައިލިއެވެ.  

ޒުވާނާ އާއި މަރީ ކޮޓަރިން ނުކުމެގެން އައިސް ސޯފާގައި އިށީންތަނުން ބަލިޙާލުގައި އޮތް މަންމަ ތެދުވެގެން އައިސް ކުރިމަތީގައި އިށީނދެއްޖެއެވެ. އައިވީއެއްވެސް ނެތެވެ. މޫނުމަތިން ބަލިކަމުގެ އަސަރެއްވެސް ނުފެނެއެވެ.  

މަންމަ ބުންޏެވެ. "ދަރިފުޅާއެވެ. މަންމަ މިހުރީ ހަމަ ގަދަވެ ސަލާމަތުންނެވެ. އެކަމަކު ޢުމުރުން މިހައިދުވަސްވީމާ ކޮންމެވެސް އުނދަގޫތަކެއްވެސް ހުންނާނެތާއެވެ. ރަޝީދަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންވެ މަސައްކަތްކުރަމުން މިއަންނަނީ ދަރިފުޅަށް ރަނގަޅު ބައިވެރިއަކު ހޯދައިދޭށެވެ. އަހުރެމެންގެ އަތުގައި ތަނަވަސްކަން އެބަހުއްޓެވެ. މިއީ އަމިއްލަ ޢިމާރާތެކެވެ. ލިބޭ ކުލިން އެކަނިވެސް ފުދިގެން އުޅެވޭނެއެވެ. މިހައިތަނަށް އިމްތިޙާނުކުރެވުނު ހުރިހާ ކުދިންވެސް ވަނީ ފޭލްވެފައެވެ. އެކަމަކު ނަރީ ފާސްވެއްޖެއެވެ. އަވަހަށް ދެކުދިން ކައިވެނިކުރާށެވެ. މިއީ ދަރިފުޅަށް ހެޔޮ މަންމައެއްކަން ދައްކައިދޭނަމެވެ. އިން ޝާ ﷲ"  

ދެމީހުން ކައިވެނިކުރެވި ކައިވެނީގައި މިހާރު 10 އަހަރުވެއްޖެއެވެ. ފިރިމީހާއަށްވެސް އަދި މައިދައިރތައަށްވެސް ދޭންޖެހޭނީ ހަމަ 100 އަކުން 100 އެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާ މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ސިފަ ހުތުރަސް އެކަން ދަނެގެން ކެތްތެރިވެލައި އަދި އަނބިމީހާގެ ޒިންމާ އުފުލަން ކުރޭނަމަ ރަނގަޅު ބައިވެރިއަކު ލިބޭނެއެވެ. އިން ޝާ ﷲ

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން