ހުޅުމާލޭ އެޕާޓްމަންޓަކުން 242 ވޭޕު ފްލޭވަރ ފުޅި ފެނިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ހުޅުމާލޭ އެޕާޓްމަންޓަކުން 242 ވޭޕު ފްލޭވަރ ފުޅި ފެނިއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން 242 ވޭޕު ފްލޭވަރ ފުޅި ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވިގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 21:14 ގައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގެ ތެރެއިން ފެނުނު ވޭޕު ފްލޭވަރ ފުޅިތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެއިތުރުން، ހަމަ އެރޭ 21:46 ގައި ފަރީދީ މަގު ގަޑިބުރު ކައިރީގައި ހުންނަ ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ތެރެއަށް ބަޔަކު ވަދެ ކޭބަލް ބުރިކުރި މައްސަލައެއްވެސް ހުށަހެޅިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ މިހާރު ދަނީ ވޭޕު ފްލޭވަރ ފުޅިތައް ފެނުނު މައްސަލައާއި، ސްޓެލްކޯ ސަބްސްޓޭޝަނުގެ ކޭބަލް ބުރިކުރި މައްސަލަ ތަޙުޤީޤުކުރަމުންނެވެ. މި ދެ މައްސަލައިގައިވެސް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން