"ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
"ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025" ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލައިފިއެވެ.

ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ. މި މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމު ކުރިއެރުވުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ޢިލްމުވެރިންނާއި، މިދާއިރާގެ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރިން އެއްތަނަކަށް ޖަމާކޮށް، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށް ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ފާހަގަކުރައްވާފައިވާ ގޮތުގައި، މި އަހަރުގެ މަހާސިންތާގައި "ޚާއްޞަ އިސްކަމެއް ދެވޭނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށް" ކަމަށާއި، ޒަމާނީ މައްސަލަތަކަށް ހައްލު ހޯދުމާއި ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމުގެ މައްޗަށް އަލިއަޅުވާލެވޭނެއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބޭއްވިފައިވަނީ 2024 ވަނަ އަހަރުގައި ކަމާއި، މިއީ އޭގެ ދެވަނަ އަހަރުގެ މަހާސިންތާ ކަމެވެ. މި މަހާސިންތާގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޒަކާތު ހައުސްއިން ހިއްސާކޮށްފައިވާ ގޫގުލް ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.

މިއަދު އޮންލައިން