ދިވެއްސަކު އިނގިރޭސިވިލާތުގެ ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ދިވެއްސަކު އިނގިރޭސިވިލާތުގެ ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފި

ޖިންސީ ގޯނާގެ މައްސަލައެއްގައި ދިވެއްސަކު އިނގިރޭސިވިލާތުގެ ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ދޮގުކޮށްފައެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސް ކަމަށްވާ ޑެއިލީ މެއިލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ލަންޑަނުގައި ފިލްމީ ތަރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ވަނީ ޖަލަށްލާފައެވެ. އެ ނޫހުން ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި ޖަލަށްލާން ހުކުމްކުރި މީހާއަކީ އުމުރުން 36 އަހަރުގެ ސުންދަރަލިންގަމް ކޫޑަލިންގަމް އެވެ.

އެ މައްސަލައާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އެ މީހާއަކީ ރާއްޖޭގެ އެއްވެސް އިދާރާއެއްގައި ދިވެއްސެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

މިފަދަ މައްސަލަތަކާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ މައްސަލަތަކުގައި ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް ރިއާޔަތްކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

މިއަދު އޮންލައިން