ހުޅުމާލެ އާއި މާލެއިން އެކުގަ ކަރަންޓް ކެނޑުމުން މިއަދުވެސް ކުޑަ ވަޤުތުކޮޅެއްގެ ތެރޭގަ ކަރަންޓްދޭން ފަށައިފިއެވެ. އެގޮތުން 15 ވަރަކަށް މިނިޓް ތެރޭގައިވަނީ މާލޭގެ ބައެއް ސަރަޙައްދުތަކަށް ކަރަންޓްދީފައެވެ. ހުޅުމާލެއާއި މާލޭގެ ހުރިހާ ސަރަހައްދުތަކަށް ކަރަންޓްދީ ނިންމާލެވިފައިވަނީ 112 ޖެހިތަނާއެވެ.
9:36
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން"
11:37
" މުޅި ހުޅުމާލެއަށް ކަރަންޓު ދެވި، މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާއިރު، ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން."
ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލަ ޙައްލުކުރަން ސްޓެލްކޯއިން ގެންދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.