ޑރ. ޝަހީމް އިސްލާމީ ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވާ އިސްވެރިންނާއި ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
ޑރ. ޝަހީމް އިސްލާމީ ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވާ އިސްވެރިންނާއި ބައްދަލުކުރައްވައިފި

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްއަށް ޒިޔާރަތް ކުރައްވާ ޔުނިވާސިޓީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު އައިޔޫއެމްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އިސްލާމީ ޔުނިވާސިޓީ އިތުރަށް ތަރައްޤީ ކުރުމަށް ކުރަން ޖެހޭ ކަންކަމާއި ގުޅޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އައިޔޫއެމް ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން