ކަރަންޓު ކެނޑުނު ނަމަވެސް ލޭ އެޅުމާ ގުޅުންހުރި ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ: ބްލަޑް ސަރވިސަސްއިން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކަރަންޓު ކެނޑުނު ނަމަވެސް ލޭ އެޅުމާ ގުޅުންހުރި ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ: ބްލަޑް ސަރވިސަސްއިން

ކަރަންޓު ކެނޑުނު ނަމަވެސް ލޭ އެޅުމާ ގުޅުންހުރި ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން އާންމުކޮށް އަންގައިފިއެވެ.

މިކަން އެ ފަރާތުން އާންމުކޮށްފައިވަނީ މާލެއިން ކަރަންޓު ކެނޑުމާ ގުޅިގެން ލޭ އެޅުމުގެ ޚިދުމަތް ނުލިބޭކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޙިއްސާކުރި ޕޯސްޓެއްގައި ބްލަޑް ސަރވިސަސްއިން ބުނެފައިވަނީ އެ ތަނުގައި ބެކަޕް ޖެނެރޭޓަރެއް ހުންނަ ކަމަށެވެ.

"ކަރަންޓު ދިއުމުން ބެކަޕް ޖެނެރޭޓަރުން ވަގުތުން މުޅި އިމާރާތަށް ޚިދުމަތްދޭން ފަށާނެ. އަދި ހުރިހާ ކަމެއްވެސް އިންތިޒާމުކޮށްފައި ވަނީ ރައްކާކޮށްފައި ހުންނަ ލޭގެ ރައްކާތެރިކަމާއި ކޮލިޓީއަށް އެއްވެސް އަސަރެއް ނުކުރާނެ ގޮތަށް،" ބްލަޑް ސަރވިސަސްއިން ބުންޏެވެ.

އަދި ލޭ އެޅުމުގެ ޚިދުމަތް ފަދަ މުހިންމު ޚިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެކަންވެސް އެ ފަރާތުން ޔަގީންކޮށްދީފައިވެއެވެ. މިފަދަ ޚިދުމަތްތަކަކީ ސިއްހީ ދާއިރާގައި އެންމެ މުހިންމު އަދި ކުއްލި ހާލަތްތަކުގައި ބޭނުންވާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޚިދުމަތްތަކެކެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްއަކީ ރާއްޖޭގައި ލޭ އެޅުމާއި ލޭ ނެގުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މުއައްސަސާއެވެ. 

މިއަދު އޮންލައިން