އެމް.އެން.ޔޫ އިން ދިރާސާކުރުމަށް ބޭނުންވާ ފަރާތްތަށް ހޯދުމަށް އިޢުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެމް.އެން.ޔޫ އިން ދިރާސާކުރުމަށް ބޭނުންވާ ފަރާތްތަށް ހޯދުމަށް އިޢުލާންކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ރިސަރޗް ސެންޓަރުގެ ފަރާތުން "ސްރެންތެނިންގ ޖެންޑަރ އިންކްލޫޝަން އިނީޝިއޭޓީވްސް ޕްރޮޖެކްޓް"ގެ ނަމުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެލިވައިލުމުގައި އެހީތެރިވެދެއްވާނެ ފަރާތްތަށް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ދިރާސާގައި ބައިވެރިވާ ފަރާތްތަކުގެ މައިގަނޑު ޝަރުތުތަކަކީ 18 އަހަރު ފުރިފައިވާ، މާލެ، ހުޅުމާލެ، އައްޑޫ ސިޓީ ނުވަތަ ރ.އުނގޫފާރުގައި ދިރިއުޅެމުންދާ ފަރާތެއްކަމުގައިވުމެވެ. މި ދިރާސާގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދިރާސާއަށް ހޮވުމުގައި، މިފަދަ ދިރާސާތަކުގައި ކުރން ވެސް ބައިވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މީގެ އިތުރުން، ދިރާސާގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކުން، މަޢުލޫމާތު އެކުލައިވަލުމަށް ފުރިހަމަކުރައްވާ ކޮންމެ ފޯރމަކަށް 100 ރުފިޔާގެ އިނާޔަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ސްރެންތެނިންގ ޖެންޑަރ އިންކްލޫޝަން އިނީޝިއޭޓީވްސް ޕްރޮޖެކްޓް"ގެ ނަމުގައި އެމް.އެން.ޔޫގެ ރިސަރޗް ސެންޓާރުން ދިރާސާގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއާއި މަސްޢޫލިއްޔަތުތަކަށް އަހުލުވެރިކޮށްދިނުމުގެ ގޮތުން ތަމްރީން ސެޝަންތަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިރާސާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ބައިވެރިވުމަށް ހުށަހެޅޭނެއެވެ.

https://docs.google.com/forms/d/e/1FAIpQLSePupRdqH_e3SXy5jW5w7JY1zRdJwQfmNwud6kBcz-Yh1u6zw/viewform

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން