އައި.ޔޫ.އެމް އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
އައި.ޔޫ.އެމް އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ދެމެދު ތަރިކައާއި ބެހޭ ސެންޓަރުގެ ކުރިއެރުއެރުމާއި ތަރައްޤީއަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ވުޒާރާގެ ވަޒީރު، އާދަމް ނަޞިރު އިބްރީހިމެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. ޢަލީ ޒާހިރު ވަނީ ސޮއިކުރައްވައިފައެވެ.

މި އެއްބަސްވުމަކީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ދަށުން ޤާޢިމްކުރެވިފައިވާ ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖްއަށް ތަރައްޤީ ގެނައުމަށް އަމާޒުކޮށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެގޮތުން، އައި.ޔޫ.އެމްގެ ފަރާތުން ދިވެހިރާއްޖޭގެ ސަޤާފަތާއި ތަރިކައާއި ބެހޭ ތަފާތު ވޯކްޝޮޕްތަކާއި ޕްރޮގްރާމްތަށް ބޭއްވުމުގައި ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެވިފައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއިއެކު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)އާއި ދެމެދު ވެވުނު މި އެއްބަސްވުމަކީ ދިވެހިބަހުގެ ސަގާފަތާއި ތަރިކަ ހިމާޔަތްކުރުމުގެ އިތުރުން އާންމުން ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތަށް ހޭލުންތެރިކުރުވުމަށް މަގުފަހިކޮށްދޭނެ އެއްބަސްވުމެކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން