3 ރަށެއްގެ ފެނުގެ ނިޒާމު އަދި 146 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
3 ރަށެއްގެ ފެނުގެ ނިޒާމު އަދި 146 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 133 ރަށެއްގެ ފެނުގެ ނިޒާމު އަދި 146 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައި، ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ބޭއްވުނު ބައްދަލުވުމުގައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކެޓްރީ އަޖުވަދު މުޞްޠަފާ ވިދާޅުވި ގޮތުގައި، މިވަގުތު އިތުރު 56 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 43 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

"މި ޤާނޫނުގައި ތަޞައްވުރުކޮށްފައި އިން 5 އަހަރު ދުވަހަކީ ޚިދުމަތެއްގެ ގޮތުގައި މި ސިސްޓަމްތައް ޤާއިމުކޮށް ދިނުން. މީހުން ދިރިއުޅޭ ރަށެއްގައި ވެއްޖެއްޔާ އަބަދުވެސް ޚިދުމަތް އަޕްގްރޭޑް ކުރަންޖެހޭނެ," އަޖުވަދު ވިދާޅުވިއެވެ.

އަޖުވަދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގައިވާ މުއްދަތުކަމުގައިވާ 2027 ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިންމާލެވޭނެއެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު މަރުހަލާއެކެވެ.

މިއަދު އޮންލައިން