އެޕަލް ގަޑި އަދި ސެމްސަންގ ގަޑިއަށް އީސިމް ޚިދުމަތް – ހަމައެކަނި އުރީދޫ ނެޓްވާކް އިން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެޕަލް ގަޑި އަދި ސެމްސަންގ ގަޑިއަށް އީސިމް ޚިދުމަތް – ހަމައެކަނި އުރީދޫ ނެޓްވާކް އިން

އުރީދޫ މޯލްޑިވްސް އިން އެޕަލް ވޮޗާއި ސެމްސަންގް ގެލެކްސީ ވޮޗަށް ތައާރަފްކުރި އީސިމް ހިދުމަތާއެކު، ފޯނާއި ނުލާ ރައްކާތެރިކަމާއެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ސީދާ ގަޑިން ފޯނުކޮށް މެސެޖުކުރެވޭގޮތަށް މިވަނީ މަގުފަހި ވެފައެވެ.. 

އަތުކުރީގައި އޮންނަ ގަޑިއާއެކު ހެނދުނު ދުވުމަށް ނުކުތް ނަމަވެސް، ނުވަތަ ބިޒީ މަސައްކަތުގެ ދުވަހެއްގެ މެދުތެރޭގައި ވިޔަސް، މިހާރު ކޯލްކޮށް، ރިސީވްކޮށް، މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމްކޮށް، އެޕްލިކޭޝަންތައް ބޭނުން ކުރެވޭނެއެވެ. މުޅިން މިނިވަންކަމާއެކުއެވެ. އުރީދޫ ނެޓްވޯކާ ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް ގުޅިފައިވާކަން ޔަގީންކޮށްދެ އެވެ. 

ސްމާޓްވޮޗަށް އީސިމް އެކްޓިވޭޓް ކުރުމަކީ އަވަސް އަދި ފަސޭހަ ކަމެއް- ފިޒިކަލް ސިމް ކާޑެއް ނުވަތަ އެއްވެސް އިތުރ އެޕްލިކޭޝަނެއްމިކަމަކަށް ބޭނުމެއް ނުވެ އެވެ. އެޕަލް ވޮޗް ނުވަތަ ސެމްސަންގް ގެލެކްސީ ވޮޗް ފޯނާ ގުޅާލައި، ސްކްރީނުގައި ވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް، އީސިމް ގަޑިއަށް އެކްޓިވޭޓް ކޮށްލާށެވެ. މި ހިދުމަތަކީ ހަމައެކަނި އުރީދޫ ނެޓްވޯކްގައި ފޯރުކޮށްދޭ ހިދުމަތެކެވެ 

އުރީދޫގެ ސްމާޓްވޮޗް އީސިމްއާއެކު ދިރިއުޅުމުގެ ވައްޓަފާޅި އިތުރަށް ފަސޭހަވެ، ކޮންމެ ވަގުތަކު ވެސް އަދި ކޮންމެ ތަނެއްގައި ވެސް ގުޅުމުގެ މިނިވަންކަން ތަޖުރިބާ ކުރާށެވެ.

މިއަދު އޮންލައިން