ސީދާ އައްޑޫއިން މަސް އެކްސްޕޯރޓް ކުރަން މިފްކޯއިން ތައްޔާރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ސީދާ އައްޑޫއިން މަސް އެކްސްޕޯރޓް ކުރަން މިފްކޯއިން ތައްޔާރުވެއްޖެ

ސީދާ އައްޑޫއަތޮޅުން މަސް އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް މިފްކޯގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިފްކޯއިން ދަނީ މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވާންދެން މަރަމާތު ނުކޮށް ހުރި އެންމެ އަސާސީ މަރާމާތުތަކާއި މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްވެސް މިހާރު ވަނީ ފަށާފައެވެ.

މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން. އިތުރުކުރުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ވަނީ ކޮށްފައެވެ.

މީގެއިތުރުން ގަންނަ މަހަށް ރާއްޖޭގައި ވެލިޔު އެޑްކުރުމުގެ ގާބިލުކަން ކުރިއެރުވުމަކީ، ދައުލަތާއި، މިފްކޯގެ އެންމެ، މުހިންމު އެއް އަމާޒެވެ.

މިގޮތުން އައްޑޫއަތޮޅުން ގަންނަ މަސް ހުވަދުއަތޮޅަށް ގެންދިޔުމުގެ ބަދަލުގައި ސީދާ އައްޑު އަތޮޅުން އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށުމަށް ވަނީ ނިންމާފައެވެ. އަދި އައްޑޫގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން ގދ ތިނަދޫގައި ޤާއިމު ކުރަމުން އަންނަ މަސްގަންނަ މަރުކަޒު. 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިފްކޯއިން އަންނަނީ ކުރަމުންނެވެ.އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމަށްވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން