ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ އަގަކީ 77.1 މިލިއަން ރުފިޔާ އެވެ. އަދި މަސައްކަތް ނިންމުމަށް ދެވިފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.

ސަރުކާރުން މިހާރު އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް އެކި ކުންފުނިތަކާ ހަވާލުކުރަމުންނެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމްވެގެންދާނެއެވެ.

ފިއްލަދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ރަށުގެ މައިގަނޑު މަގުތަކާއި ގޯޅިތައް ތާރުއަޅައި ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން މަގުތަކުގައި ބައްތި ހަރުކުރުމާއި، ވާރޭ ފެން ހިންދުމުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މިއަދު އޮންލައިން