ގުޅިފަޅުން ގޯތި ލިބުނު 843 ފަރާތަކަށް ރަޖިސްޓްރީ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ގުޅިފަޅުން ގޯތި ލިބުނު 843 ފަރާތަކަށް ރަޖިސްޓްރީ ހަވާލުކޮށްފި

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފިއެވެ.

ގެދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާވެށި ބެހޭ ވުޒާރާއިން މިކަން ހާމަކުރައްވާފައިވާއިރު، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުރިން އެ ވުޒާރާ ހިންގި އިމާރާތުގެ ބިމުގައި ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި މި މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމަކީ ސަރުކާރުން ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަށް ހިންގާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ލިބުމާއެކު، އެ ބިންތަކުގައި އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

މިއަދު އޮންލައިން