ތުރުކިވިލާތުން ހަދިޔާކުރި މަނަވަރު ރާއްޖެއަށް ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ތުރުކިވިލާތުން ހަދިޔާކުރި މަނަވަރު ރާއްޖެއަށް ގެނެސްފި

ތުރުކިވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރައްވާފައިވާ ތުރުކީ ނޭވީ މަނަވަރު މިއަދު ވަނީ ރާއްޖެއަށް ގެނެސްފައެވެ. މި މަނަވަރަކީ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކެޕޭސިޓީ އިތުރުކުރުމަށް ލިބުނު މުހިންމު އިތުރުކުރުމެކެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް ހަވާލުކުރުމާއި، ޚިދުމަތަށް ނެރެ، ޤައުމީ ދިފާޢީ ބާރަށް ކަމިޝަންކުރުމަށް ބާއްވާ ރަސްމިއްޔާތުގެ ތައްޔާރީތައް ދެ ޤައުމުގެ މެދުގައި މިހާރު ދަނީ ކުރިއަށެވެ.

ދިފާއީ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި މި އުޅަނދަކީ ރައީސުލްޖުމްހޫރިއްޔާ ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ލިބުނު އުޅަނދެކެވެ. އަދި މިއީ ޤައުމީ ދިފާޢީ ބާރުގެ ގާބިލުކަން އިތުރުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައިވެސް ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ތުރުކިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މި ހަދިޔާ ފާހަގަކުރެވެއެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މި މަނަވަރުގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން