ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ތަމްވީލް ފިންލިޓް ފެސްޓް 2025 ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ތަމްވީލް ފިންލިޓް ފެސްޓް 2025 ތަޢާރަފުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމީ ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން "ތަމްވީލް ފިންލިޓް ފެސްޓް 2025" ގެ ނަމުގައި ފެސްޓިވަލެއް ތަޢާރަފުކޮށްފިއެވެ.

މި ފެސްޓިވަލް އިފްތިތާހުކޮށްދެއްވީ އެކަމަށް ޚާއްސަކޮށްގެން ބޭއްވި ހަފްލާއެއްގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ. މި ފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނާއި، ޒުވާނުންނާއި، އަދި މުޅި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭގޮތަށް އިސްލާމީ ފައިނޭންސަށް ފަރިތަ މުޖުތަމަޢެއް ބިނާކުރުމެވެ.

ފެސްޓިވަލްގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ފިންލިޓް ޗެލެންޖް، އިކޮންކުއެސްޓް ބަހުސް މުބާރާތް، އިމްޕެކްޓް ޕިޗް ޗެލެންޖް، ފިއުޗަރ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް، ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތް އަދި ކުރު ވީޑިއޯ ހެދުމުގެ މުބާރާތް ހިމެނެއެވެ.

"މި ހަރަކާތްތަކުގެ ތެރެއިން އުފެއްދުންތެރިކަމާއި، އައު އިޖާދީ ވިސްނުމާއި، އައު ގޮތްތައް ހޯދުމަށް މަގުފަހިކުރެވޭނެ. އަދި ފައިނޭންސް މެނޭޖުކުރުމަކީ ހަމައެކަނި ފަންނީ ހުނަރަކަށްވުރެ ބޮޑަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ބަދަލު ގެނައުމުގެ ވަސީލަތެއްގެ ގޮތުގައި ބައިވެރިންނަށް އުނގަންނައިދެވޭނެ،" އެމްއެމްއޭއިން ބުނެފައިވެއެވެ.

މި ފެސްޓިވަލްގެ ސަބަބުން ރާއްޖޭގައި ފައިނޭންޝަލް ލިޓަރަސީ އިތުރުވެ، ޒިންމާދާރު ގޮތެއްގައި ފައިސާ މެނޭޖްކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭއިން އުންމީދުކުރެއެވެ.

މިއަދު އޮންލައިން