މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ބޭނުންވަނީ ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން ތާރު ނާޅާ: ކަމަދޫ ކައުންސިލް ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ބޭނުންވަނީ ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން ތާރު ނާޅާ: ކަމަދޫ ކައުންސިލް ރައީސް

ކަމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ބޭނުންވަނީ ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން ތާރު ނާޅައި ކަމަށް ކަމަދޫ ކައުންސިލްގެ ރައީސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޙަސަން ޒަރީރު ވިދާޅުވި ގޮތުގައި، ކަމަދޫއަކީ ލޯކަލް ޓުއަރިޒަމް ފުޅާވެފައިވާ ރަށަކަށް ވުމާއެކު، ރަށުގެ ރައްޔިތުން އެދެނީ ޒަމާނީ ތަރައްޤީ ރަށަށް ގެންނައިރުވެސް ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެ ގޮތަކަށް ތަރައްޤީ ގެނައުމަށެވެ.

"އަޅުގަނޑުމެން ރައީސްއަށް ދެންނެވިން، އަޅުގަނޑުމެން ކަމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ބޭނުންވަނީ ތާރުއަޅައިގެން ނޫނޭ. ކަމަދޫއަކީ ފަތުރުވެރިކަން ތަރައްޤީވެފައިވާ ރަށެއްކަމުން މިރަށު ރައްޔިތުން އެދެނީ މަގުތަކުގެ ފެން ހިނދޭނެފަދަ ގޮތަކަށް ތާރުނާޅާ މަގު ހަދަން. ރައީސް ދެއްވި އެގޮތަށް މަގުތައް ހަދައިދޭނެކަމުގެ ޔަގީންކަން،" ޙަސަން ޒަރީރު ވިދާޅުވިއެވެ.

ކަމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. އަދި ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަމަދޫ ރައްޔިތުން އެދޭ ގޮތަށް މަގުތައް ހެދުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ކަމަދޫގެ މަގުތައް ތަރައްޤީކުރެވޭއިރު، ރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން