ކުޑަރިކިލަށް ރައީސް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކުޑަރިކިލަށް ރައީސް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބ. ކުޑަރިކިލަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ދެވަނަ ރަށެވެ.

ކުޑަރިކިލަށް ރައީސް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ރަށުގެ އެކި އުމުރުފުރާގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރަށުގެ ރައްޔިތުން ދެއްކި އުފާވެރިކަމާއި ހޫނު މަރުޙަބާއިން ރަށުގެ ތަރައްޤީއަށް ރައްޔިތުން ކުރާ އުންމީދުތައް ހާމަވެގެން ދިޔައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކުޑަރިކިލު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.

މީގެއިތުރުން ރައީސްގެ މި ދަތުރުފުޅުގައި ކުޑަރިކިލުގެ ތަރައްޤީއަށް ރޭވިފައިވާ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުތަކަކީ ރަށުގެ ރައްޔިތުން ދުވަސްތަކެއް ވަންދެން ބޮޑަށް އެދެމުން އައި މަޝްރޫޢުތަކެއް ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން