ކަމަދޫއަށް ސީޕްލޭން އޮޕަރޭޓުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާއި ދެމެދު ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކަމަދޫއަށް ސީޕްލޭން އޮޕަރޭޓުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާއި ދެމެދު ސޮއިކޮށްފި

މާޅޮސްމަޑުލު ދެކުނުބުރި ކަމަދޫއަށް ސީޕްލޭން އޮޕަރޭޓުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ޤައުމީ އެއަރލައިން މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް އެވެ. އަދި ހޯކްސް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޙުސެއިން އަމަން އެވެ.

މި އެއްބަސްވުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ސީޕްލޭންގެ ޚިދުމަތް ފެށިގެންދިއުމުން އެރަށުގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

"ސީޕްލޭންގެ ޚިދުމަތް ފެށިގެންދިއުމަކީ ލޯކަލް ޓޫރިޒަމް މިހާބޮޑަށް ތަރައްޤީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްޤީކުރުމުގެ މިސައްކަތް ވަރަށް ބޮޑަށް ކުރިއަށްދާ ރަށަކަށް ވާއިރުގައި ވަރަށް ބޮޑު އިޤްތިޞާދީ ފައިދާއެއް ކުރާނެ ކަމެއް. އެކަމަށްޓަކައި މިރަށުގެ އެންމެހާ ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ކަމަދޫއަކީ ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ކުރިއަރަމުން އަންނަ ރަށެއް ކަމަށްވެފައި، މި އެއްބަސްވުމުގެ ދަށުން ފެށިގެންދާ ސީޕްލޭންގެ ޚިދުމަތުން އެރަށުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން