ހއ. އިހަވަންދޫ މުއައްސަސާތަކުގެ މުވައްޒަފުންނަށް ރިސާލަތު ޕްރޮގުރާމު ކުރިއަށް ގެންގޮސްފިއެވެ.
އިހަވަންދޫގައި ކުރިއަށް ގެންދެވުނު ރިސާލަތުގެ ދަންފަޅި ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡް އައްޝައިޚް ޢަބްދުލްޤާދިރު މުޙައްމަދުއެވެ. މި ދަންފަޅީގައި އިހަވަންދޫގެ އެކި މުއައްސަސާތަކުން ގިނަ މުވައްޒަފުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމަކީ އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު އާއްމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގުރާމެކެވެ. ރިސާލަތުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަންނަނީ ދީނީ ޕްރޮގުރާމުތައް ކުރިއަށް ގެންދަމުންނެވެ.
ހަބަރު: ސަރުކާރު