ބ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ރައީސް ފަށްޓަވައިދެއްވައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ރައީސް ފަށްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ބ.އަތޮޅުގެ ރަށްތަކުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. 

ބ.އޭދަފުށީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވިއިރު، މި ރަސްމިއްޔާތުގައި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި، އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އާރްޓީއެލްގެ ޚިދުމަތް ބ.އަތޮޅުގައި މި އަހަރު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާން ކުރައްވާފައެވެ. އަދި މި ދަތުރުތައް މިއަދު ރަސްމީކޮށް އިފްތިތާޙު ކުރެއްވި ނަމަވެސް، މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނުރަސްމީކޮށް ދަތުރުތައް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އާރްޓީއެލްގެ ޚިދުމަތް ބ.އަތޮޅުގައި ފެށުމާއެކު، އެ އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެއެވެ. މީގެ އިތުރުން، އަތޮޅުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ހަރުދަނާވެގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން