މިދިޔަ އަހަރު ކައުންސިލްތަކަށް ކައުންސިލްތަކަށް ދޫކުރި 2.2 ތެރެއިން 1.4 ބިލިޔަން ރުފިޔާ ޚަރަދުނުކޮށް ހުރި: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
މިދިޔަ އަހަރު ކައުންސިލްތަކަށް ކައުންސިލްތަކަށް ދޫކުރި 2.2 ތެރެއިން 1.4 ބިލިޔަން ރުފިޔާ ޚަރަދުނުކޮށް ހުރި: ރައީސް

މިދިޔަ އަހަރު ކައުންސިލްތަކަށް ދޫކުރި 2.2 ބިލިއަން ރުފިޔާގެ ތެރެއިން 1.4 ބިލިއަން ރުފިޔާ ޚަރަދުނުކޮށް ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ފާހަގަކުރެއްވީ ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަކީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ރައްޔިތުންނަށް މަންފާކުރަނިވި ކަންކަން ކުރުމަށް ދޫކުރެވޭ ފައިސާއެވެ.

"މިފައިސާ ކައުންސިލްތަކަށް މިދެނީ މުނިސިޕަލް ޚިދުމަތްތައް ދިނުމަށް. އެހެންވީމަ އެފައިސާ ޚަރަދުކުރުމަކީ ކައުންސިލްތަކަށް ލާޒިމްކަމެއް. ރައްޔިތުންނަށް ހެޔޮ ކަންކަން ކޮށްދޭން. ޤާނޫނުގައި ބުނާ މުނިސިޕަލް ޚިދުމަތްތައް ރަނގަޅު ކޮށްދިނުމަށް. އެކަމަކު އަހަރު ނިނުމުއިރު ދެބައިކޮށްފައި އެއްބައި ޚަރަދުނުކޮށް މިހުރީ،" ރައީސް ވިދާޅުވިއެވެ.

އަދި މިއަހަރުގެ މިހާތަނަށް އައިއިރުވެސް ކައުންސިލްތަކަށް ދޫކުރެވުނު ބްލޮކް ގްރާންޓްގެ ބޮޑު ބައެއް ޚަރަދުނުކޮށް ރައްކާކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މިފައިސާ ރައްކާކުރަމުންދަނީ ކޮން ބޭނުމެއްގައިކަން ކައުންސިލްތަކުން ހާމަނުކުރާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކައުންސިލްތަކުން މިފަދަ ބޮޑު އަދަދެއްގެ ފައިސާ ޚަރަދުނުކޮށް ބެހެއްޓުމަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ލަސްވެ، ތަރައްޤީގެ މަޝްރޫޢުތައް ލަސްވުމަށް މަގުފަހިވާނެ ކަމެއްކަން ފާހަގަކުރެވެއެވެ. މިކަމަކީ ކައުންސިލްތަކުގެ ޒިންމާދާރުކަމާމެދު ސުވާލު އުފެދޭ ކަމެއްކަމަށްވެސް ބެލެވެއެވެ.

މިއަދު އޮންލައިން