ހުރިހާ ދާއިރާތަކަށް ގިނަ ކަންތައްތަކެއް ބޭނުންވެފައިވާއިރު ދާއިރާއަކުން އެދޭއިރަށް އެކަމެއް ނުވުމަކީ އެކަމެއް ނުވުމެއް ނޫންކަމަށް މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
"ސަލީމްބެ" މިމޭރުމުން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޭދަފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ އޭދަފުށީގައި ބޭއްވި ޖަލްސާގައި މަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވަން ތިއްބެވި ވެރިން އަވަދިނެތިކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އަޙްމަދު ސަލީމްގެ ވާހަކަފުޅުން:
އާދެ، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޢިއްޒު. ދައުލަތުގެ ވަޒީރުން. މިތަނަށް ވަޑައިގެންނެވި އޭދަފުށީގެ އެންމެހާ އަޚުންނާއި އުޚްތުން. އަދި ކުންފުނިތަކުގެ އިސް ވެރިން. އައްސަލާމް އަލައިކުން ވަރަޙްމަތުﷲ ވަބަރަކާތު.
އާދެ، ކޮންމެއަކަސް މިރެއަކީ އަޅުގަނޑުމެންނަށް ވަރަށް ހާއްސަ ރެއެއް. އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ދެވަނަ ފަހަރަށް އެމަނިކުފާނު މިރަށަށް އެ ވަޑައިގަތީ. އޭގެ ކުރިން ކެމްޕެއިން ދަތުރުފުޅެއްގައި މިރަށަށް ވަޑައިގަތީ. އެހެންމަ ގާތްގަނޑަކަށް ދެއަހަރު ދުވަހުގެތެރޭގައި ތިންފަހަރު އެމަނިކުފާނު ވަނީ އޭދަފުށްޓަށް ވަޑައިގެންފަ. އޭގެ މާނައަކީ އެމަނިކުފާނު އޭދަފުށްޓާދޭތެރޭ ބަހައްޓަވާ ހާއްސަ ގާތްކަމެއް އިނގޭތޯ.
މިއަކީ އަދި އަޅުގަނޑުމެންގެ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާއަކު މިހާ އަވަހަށް ދެފަހަރު، ތިންފަހަރު ދަތުރު ކުރެއްވި ހަނދާނެއް ހަމަ ގައިމުވެސް އަޅުގަނޑު ހަނދާނެއް ނެތް. މީ ހަމަ ހަޤީގަތުގައިވެސް މީގެ ކުރިން ހިނގާފައި އޮތް ކަމެއް ނޫން. މީގެ މާނައަކީ ކުރިއަށް އޮތް ފަސް އަހަރުގެތެރޭގައި އެމަނިކުފާނު މިރަށަށް ފަސްފަހަރު ވަޑައިގަންނަވާނެއޭ އެންމެ މަދުވެގެން.
އެހެންމަ އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން އެންމެ ފުރަތަމައިނުންވެސް ހަޤީގަތުގަ އަޅުގަނޑު އެބަޖެހޭ ބައެއް ބޭފުޅުންނަށް ޝުކުރު ދަންނަވާލަން. ދެންމެ ރައީސަށް އަޅުގަނޑުމެންގެ ކައުންސިލްގެ ރައީސް އެ ދެންނެވި ގޮތަށް، އެންމެ ފުރަތަމަވެސް އަޅުގަނޑު ޝުކުރު ދަންނަވާނީ އޭދަފުށީގެ ރައްޔިތުން މިއަދު ރައީސުލް ޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށްޓަކައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކީގައި ޝުކުރު ދަންނަވަން. އޭދަފުށީ ރައްޔިތުންނަކީ ރައީސް ވަޑައިގަންނަވާ ކޮންމެ ފަހަރެއްގައި ހަމަ އެހާ ބޮޑަށް ތަރުހީބު ދެއްވާ ރައްޔިތެއް، އަދި އިރާދުކުރެއްވިއްޔާ މުސްތަޤުބަލުގާވެސް އަދި އެއަށްވުރެން ބޮޑަށް ތަރުހީބު ލިބިގެންދާނެކަމުގެ ޔަޤީންކަން މަނިކުފާނަށް އަރުވަން.
ދެންހަމަ އެއާ އެކީގައި އަޅުގަނޑާ އެކީގައި މިއަތޮޅު ބެލެހެއްޓުމާ ހަވާލުވެ ހުންނެވި އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓަރު ޒަމީރަށް އަޅުގަނޑު ހާއްސަ ޝުކުރެއް ދަންނަވަން. އޭގެފަހުގައި ހަމަ އަޅުގަނޑުމެންގެ ދައުލަތުގެ އެންމެހާ ވަޒީރުން ތި ކުރައްވާ ބުރަ މަސެއްކަތްޕުޅަށް، ބަންޑާރަނައިބާ އެކީގައި އަޅުގަނޑު ހަމަ ހާއްސަ ޝުކުރެއް ދަންނަވަން.
ދެންހަމަ އެއާ އެކީގައި ކުންފުނިތަކުގެ ވެރިން، އެބޭފުޅުން އެ ކުރައްވާ މަސެއްކަތްޕުޅަކީ ހަޤީގަތުގައި އަޅުގަނޑުމެން ވަރަށް ގިނައިން ބައްދަލުކުރަން ދަން ކުންފުނިތަކުގެ ވެރިންނަށް. އެބޭފުޅުންގެ އަތްޕުޅުގަ ހުންނަ ލާރިކޮޅާ އެކީގައި އެބޭފުޅުން ކުރައްވާ މަސެއްކަތްޕުޅަކީ ހަމަ ހަޤީގަތުގައި ވަރަށް ވަރުގަދަ މަސެއްކަތްޕުޅެއް އިންގޭތޯ. އެ ފައިސާކޮޅު ބޭނުން ކުރައްވައިގެން އެބޭފުޅުން ހަމަ ތަރައްޤީއަށްޓަކައި ބުރަ މަސެއްކަތްތަކެއް ކުރައްވާ.
އެހެންމަ އަޅުގަނޑުމެން އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ އެބޭފުޅުން، އަޅުގަނޑުމެން ދާއިރރާއަށް، ހަމަ ބުނާއިރަށް ކަމެއް ނުވީމަކާ އެ އަދި ކަމެއް ނުވަނީކަމަކަށް. އެބޭފުޅުންގެ ވިސްނުންފުޅާ، ހަމަ ދުވާލު ހަތަރުދަމު އެބޭފުޅުންގެ ވިސްނުންފުޅަކީ މި ލިބޭ ކުޑަ ލާރިކޮޅުން އެބޭފުޅުންގެ މަސެއްކަތްތައް ބައްޓަން ކުރާނީ ކޮންގޮތަކަށްތޯ. އެއާއެކީގަ ހަމަ ރާއްޖޭގަ އަނެއްހެން ދަންނަވާނަމަ ހުރިހާ ރަށެއްގައިވެސް މިދަނީ މަސެއްކަތްތަކެއް ފެށިގެން.
އޭދަފުށީގައި ހަމަ އިރާދުކުރެއްވިއްޔާ މާތް ﷲ ގެ ރަޙްމަތްފުޅާ އެކީގައި ގިނަ މަސެއްކަތްތަކެއް މިއަހަރު ފެށިގެން ދާނެ. އެކަމުގެ ޔަޤީންކަން ހަމަގައިމުވެސް އަޅުގަނޑަށް އެބައޮތް އިނގޭތޯ. މިރަށަށް ބޭނުންވެގެންއުޅޭ އެންމެ ބޮޑު މައްސަލައަކީ ހައުސިންގެ މައްސަލަ. ހައުސިންގެ މައްސަލައަށް އިރާދުކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށް ޔަޤީންކަމާއެކީ ދަންނަވަން އިނގޭ ފެށިގެން ދާނެކަން އިނގޭތޯ. ދެން އަޅުގަނޑުމެންގެ ވަޒީރަކަށްވެސް ހުރީ ގާތްގަނޑަކަށް މިރަށު މީހެއް. ބޭންކް އޮފް މޯލްޑިވްސްގެ އިސް މީހަކަށްވެސް ހުންނެވީ މިރަށުގެ މީހެއް. އެހެންވީމަ މިކަންކަން ހަމަ މީ ރައސް ވިދާޅުވާގޮތަށް ނުހިނގަންވީ ސަބަބެއް ނެތް ހަޤީގަތުގަ. އެންމެ ބާރަށް ހަމަ ހިނގަންޖެހޭނެ. އެހެންމަ އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާލަން އޮތީ ހަމަ އެއާ އެކީގައި އަޅުގަނޑުމެންގެ މި މަސެއްކަތްތައ ވީހާވެސް ބާރަށް ކުރިއަށް ގެންދެވުން އިނގޭތޯ.