އަޙްމަދު ސަލީމް:
ދެން، އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެންގެ އަދުގެ ރައީސުލް ޖުމްހޫރިއްޔާއަކީ ވަރަށް އިޚްލާސްތެރި، ވަރަށް ޙިކުމަތްތެރި، އަޅުގަނޑުމެންނާ ދޭތެރޭގައި ވަރަށް އިހްސާންތެރިކަން ބަހައްޓަވާ ބޭފުޅެއް. އެހެންމަ އެ އިހްސާންތެރިކަން ހަޤީގަތުގައި އަޅުގަނޑުމެންވެސް އެމަނިކުފާނާ ދޭތެރޭގައި ބަހައްޓަން ޖެހޭ. އިހްސާންތެރިކަމަކީ ހަޤީގަތުގައި އިހްސާންތެރިކަމުގެ ބަދަލުގައި އަޅުގަނޑުމެންނަށް އޮތް އެއްޗަކީ ހަމަ އެ އިހްސާންތެރިކަން އަޅުގަނޑުމެން އެބޭފުޅަކަށް ދިނުން.
އައްރަޙްމާން ސޫރަތުގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ (هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ) "އިހުސާން ކަމުގެ ބަދަލުގަ އޮތީ ހަމަ އިހްސާންކަން." އެހެން އެއްވެސް ކަމެއް ނެތް. އެހެންމަ އަޅުގަނޑުމެން ރައްޔިތުންނަށް ގޮވާލަން އޮތީ ރައީސުލް ޖުމްހޫރިއްޔާ އެ ބަހައްޓަވާ އަޅުގަނޑުމެންނާ ގާތްކަމާއި، އިހްސާންތެރިކަމާއި އަޅުގަޑުމެންވެސް ހަމަ މަރުޙަބާއާއި ޝުކުރު އެމަނިކުފާނަށް އަބަދުވެސް ތަކުރާރުކޮށް ދަންނަވަން ޖެހޭނެ.
ދެން އަޅުގަނޑު ދަންނަވާލަން އޮތީ، އެމަނިކުފާނުގެ ޚުލްޤުފުޅާ ބެހޭގޮތުން އަޅުގަނޑު ދޭތެރެ ދޭތެރެއިން އެވާހަކަ ދައްކަމު. މަޑުމައިތިރިކަމާއި ޚުލްޤު ފުޅު ރަނގަޅު ކަމާއި، ހަރުކަށިކަމެއް ނެތްކަން، މިހިރަ ކަންތައްތަކަކީ އަޅުގަނޑުމެން އެމަނިކުފާނުގެ އަރިހުގައި މަސެއްކަތްކުރާ އެއް ސަބަބު.
މީހެއްގެ ގައިގައި ހަރުކަށިކަމާއި ޚުލްޤު ނުބައިކަން ހުރެއްޖެ ކަމަށް ވަންޏާ އެބަޔަކާ ދުރަށް މީހުންތައް ފޭވެގެން ދާނެ. ތިބޭފުޅުންނަށް އެނގޭނެ އަޅުގަނޑު ތަކުރާރުކޮށް ދައްކާ ވާހަކައެއް، އާލްއިމްރާން ސޫރަތުގެ 159 ވަނަ އާޔާތް ތިބޭފުޅުން ބައްލަވާ. އެ އަޔާތުގެ މާނަ އަޅުގަނޑު ދަންނަވާލާނަން. މާތް ﷲ އެ ވަޙީ ބަސްފުޅުގެ މާނައިގައި ވަނީ " ކަލޭގެފާނަށް އެބޭފުޅުންނަށް އޯގާތެރިވެ ވަޑައިގަންނަވަނީ، ކަލޭގެފާނަށް ﷲ ގެ ހަޟްރަތުން ލެއްވި ރަޙްމަތެއް ކަމުގައެވެ. އަދި ހަރުކަށި ޚުލްޤު ނުބައި ބޭފުޅަކު ކަމުގައި ކަލޭގެފާނު ވީނަމަ އެމީހުން ކަލޭގެފާނާ ފެޔަށް ޖެހި ( އަސްޙާބު ބޭކަލުންނަށް މި ދަންނަވަނީ) އަސްޙާބު ބޭކަލުން، އެބޭކަލުން ކަލޭގެފާނާ ފެއަށް ޖެހި ވަޑައިގަތެވެ. އެބޭކަލުންނަށް ކަލޭގެފާނު މަޢާފު ކުރައްވާށެވެ. އަދި އެބޭކަލުންގެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރާށެވެ. "
މި އާޔަތް ބާއްވައިލެއްވުނު ކަމަށް ޢިލްމުވެރިން ވިދާޅުވަނީ ހަޤީގަތުގައި އުޚުދު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ވަރަށް ނިކަމެތިކަމެއް އައި. އޭގެ އަސްލު ޙަޤީގަތަކަށް ވީ ވެރިންގެ އަމުރުތަކަށް ނުކިޔަމަންތެރިވުން. އަސްލު ހަޤީގަތުގައި އެކަލޭގެފާނު އަމުރު ކުރެއްވި ގޮތަށް ކަންކަން ނުދިއުމުގެ ނަތީޖާއަކީ އަޅުގަނޑުމެންގެ މުސްލިމުންނަށް ވަރަށް ނިކަމެތިކަން، އެތައް ބަޔަކު ޝަޙީދުވެގެން ދިޔައީ.
އެހެންމަ ވެރިންގެ ހިކުމަތްތެރި ބަސްފުޅުތަކަށް އަޅުގަނޑުމެން ޖެހޭނެ ކެއްތެރިކަމާއި، ހަމަ ވަފާތެރިކަމާ އެކީގައި، ބަސް އަހައިގެން ، ވެރިން ކުރާ އަމުރުތަކަށް ކިޔަމަންވެގެން އޭގެ މަގުން ހިނގަން. އެހެން ނޫނިއްޔާ އަޅުގަނޑުމެންގެ މަގު ކައްސާލައިގެން ގޮސް ނުބައި މަގަކަށް އަޅުގަނޑުމެން އެޅިގެން ދާނެ އިނގޭތޯ.
މިރެއަކީ ޙަޤީގަތުގައި އެހާ ގިނަ ވާހަކަ ދެއްކެން އޮތް ރެއެއްވެސް ނޫން. އަޅުގަނޑުގެ ކުރިމަތީގައި އެބައޮތް ވަރަށް ގިނަ ޕްރޮގްރާމްތަކެއް ،އަދި ވަރަށް މުހިއްމު ޕްރޮގްރާމެއް އެބައޮތް. އެހެން ނަމަވެސް އަދި ބައެއް ވާހަކަތައް އެބަޖެހޭ ހަޤީގަތުގައި ދައްކާލަން. އެހެންވީމާ އަޅުގަނޑު ހަމަ ރައީސް ޑރ. މުޢިއްޒަށް ދަންނަވާލަން އޮތީ މަނިކުފާނު ތި ގެންދަވާ ގޮތަށް މަސެއްކަތްޕުޅު ކުރިއަށް ގެންދަވާށޭ!. އިރާދުކުރެއްވިއްޔާ ކާމިޔާބު ކަމާ އެކީގައި މަސެއްކަތް ކުރިއަށް ދާނެ.
- ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާއި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ދެއްކެވި ވާހަކަފުޅުން.