ފެހެންދޫގެ އޭޓީއެމްގެ ޚިދުމަތް ރައީސް އިފްތިތާޙުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ފެހެންދޫގެ އޭޓީއެމްގެ ޚިދުމަތް ރައީސް އިފްތިތާޙުކޮށްފި

މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫގައި އޭޓީއެމްގެ ޚިދުމަތް މިއަދު އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ފެހެންދޫގައި ޤާއިމުކުރެވުނު އޭޓީއެމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް ފައްޓަވާފައިވާ މަޝްރޫޢުގެ ދަށުން މިއަހަރު އޭޓީއެމް ޤާއިމުކުރެވުނު 42 ވަނަ ރަށެވެ. މި ޚިދުމަތް ފެށުމާއެކު ފެހެންދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސް މުޢިއްޒުގެ އިންތިޚާބީ ވަޢުދެކެވެ. މި ވަޢުދު ފުއްދުމަށްޓަކައި މި އަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ކުރިއަށް ގެންދަމުންނެވެ.

މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފެހެންދޫގެ އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. މިއީ އެ އޭޓީއެމުން ކުރެވުނު ފުރަތަމަ މުޢާމަލާތެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަހަރުގެ ނިޔަލަށް އިތުރު ގިނަ ރަށްތަކެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވިގެންދާނެއެވެ.

މިއަދު އޮންލައިން