ޣައްޒާގެ ރައްޔިތުން މިއަދު އެތިބީ ބައަކަށް ޖެހޭނެ އެންމެ ނިކަމެތި ޙާލުގަ! ނެތް މިންވަރުންވެސް އެހީތެރިވެދީފި މީހަކަށް އެތައް ގުނައަކަށް އިތުރަށް ދެއްވަވާނެ!: މުފްތީ މެންކް

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ޣައްޒާގެ ރައްޔިތުން މިއަދު އެތިބީ ބައަކަށް ޖެހޭނެ އެންމެ ނިކަމެތި ޙާލުގަ! ނެތް މިންވަރުންވެސް އެހީތެރިވެދީފި މީހަކަށް އެތައް ގުނައަކަށް އިތުރަށް ދެއްވަވާނެ!: މުފްތީ މެންކް

ޣައްޒާގެ ރައްޔިތުން މިއަދު އެތިބީ ބައަކަށް ޖެހޭނެ އެންމެ ނިކަމެތި ޙާލުގައެވެ. ބަލަންވީ ތިމާގެ އަތުގައި އޮތް ދެވެން އޮތް މިންވަރަކަށް ނޫނެވެ. ދެވެން ނެތް މިންވަރުންވެސް (ތިމާގެ ބޭނުންތައް ނުފުއްދައިވެސް) އެހީތެރިވެދީފި މީހަކަށް އެތައް ގުނައަކަށް އިތުރަށް ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެތެވެ. 

ޣައްޒާގެ ރައްޔިތުންނަށް ޖެހިފައިވާ ނިކަމެތި ޙާލު ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އަދި އެމީހުންނަށް އެހީތެރިވެދޭ މީހުންވެސް ދެކެދެނެވޮޑިގެންވެއެވެ. އެމީހުންގެ ޙިމާޔަތުގައި ަމސައްކަތްކުރާ މީހުންނާއި އެމީހުންނަށް އަނިޔާވެރިވާ މީހުންވެސް ދެކެދެނެވޮޑިގެންވެއެވެ. 

ނަޞްރު ދެއްވެވުމުގެ ވަޤުތު ޖެހުމުން ނަޞްރު ދެއްވަވާނެތެވެ. ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. އެކަމަކަށް އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން މިއީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލައިލުމަށް ދެއްވަވާފައިވާ ވަަރށް މަތިވެރި ފުރުޞަތެކެވެ. 

 

- މުފްތީ މެންކްގެ އިލްތިމާސެއް

 

މިއަދު އޮންލައިން