ޒަކާތު ސްކޮލަރޝިޕް ޙަވާލު ކުރުމުގެ ޙަފްލާ 16 އޮގަސްޓް 2025 ވާ ހޮނިހިރު ދުވަހު އޮންނާނެއެވެ. އިންޝާ ﷲ. މިސްކޮލަރޝިޕް މިދެވެނީ މިކަން މެދުކެނޑިފަ އޮންނާތާ 7 އަހަރު ފަހުންނެވެ. މިފަހަރު ސްކޮލަރޝިޕް ދެވެނީ އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށެވެ.
އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޖުމުލަ 50 ދަރިވަރަކަށް ސްކޯލާޝިޕްދެވޭނެއިރު ފުރަތަމަ ބުރުގައި ޙަވާލުކުރާނީ 28 ދަރިވަރަކަށް ކަމަށެވެ. އަދި މިއީ އިސްލާމީ ދާއިރާތަކުން މިހައިގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރރު ކަމަށެވެ.
އިސްލާމް ދީނާ ބީރައްޓެހި ވެރިކަމެއްގެ 5 އަހަރު ނިމިގެންދިއައިރު ހުއްޓާލާފައި ހުރި މިފަދަ ކަންކަން އަލުން ފަށާކަމީ މިސަރުކާރުން އިސްލާމް ދީނުގެ ކަންކަމަށް ދޭ ސަމާލުކަން ހާމަވެގެންދާ ކަމެކެވެ.