ޢިބްރަތްތެރި ވާހަކަ: ދަރިއަކު ލިބުން ލަސްވީމާ ލަޢްނަތް ލައްވަވާފައިވާ ކަމަށްބުނެ ނިކަމެތިކޮށްލީމާ ފުލުފުލުގަ ދަރިން ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ޢިބްރަތްތެރި ވާހަކަ: ދަރިއަކު ލިބުން ލަސްވީމާ ލަޢްނަތް ލައްވަވާފައިވާ ކަމަށްބުނެ ނިކަމެތިކޮށްލީމާ ފުލުފުލުގަ ދަރިން ލިބުނު އަންހެނެއްގެ ވާހަކަ-

ކައިވެންޏަށް 5 އަހަރުވީއިރުވެސް ދަރިއަކު ނުލިބުމުން ފިރިމީހާގެ ޢާއިލާއިން ދެކެންފެށީ އަހުރެންނަކީ ލަޢްނަތް ލައްވަވާފައިވާ އަންހެނަކު ކަމަށެވެ. ޗުކްޗުކް ލައްވަމުން ގޮސް އަޑުއިއްވައިވެސް އެފަދަ ބަސްތައް ބުނަންފެށިތާ މާގިނަ ދުވަހެއް ނުވެ ފިރިމީހާ ބުނީ ކައިވެނި ރޫޅާލަން ބޭނުންވާ ކަމަށެވެ.  

އެހެން ބުނުމާއިއެކު އިތުރު ސުވާލެއް ނުކުރަމެވެ. ހެދުންކޮޅު ހިފައިގެން ނުކުމެގެން އައީއެވެ. ވަޒިފާއެއް ނެތެވެ. އަތުގައި އެއްވެސް ފައިސާއެއްވެސް ނެތެވެ. އަތުގައި އޮތީ މުސްތަޤްބަލަށް ކުރާ ފޮނި އުންމީދުތައް އެކަންޏެވެ.  

ދައްތަ އަހުރެން ގެންގޮސް ޑޮކްޓަރަކަށް ދެއްކިއެވެ. ޓެސްޓްތައް ހަދާފައި ބުނީ އިނީ ބަލިވެ ކަމަށެވެ. ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށެވެ. 9 މަސްވެ ދަރިފުޅު އުފަންވިފަހުން ކޮންމެވެސް ގޮތަކުން ފިރިމީހާއަށް އެކަން އެނގިގެން ގުޅިއެވެ. ފިރިމިހާ އެއިރު ހުރީ ކައިބެނިކޮށްގެންނެވެ. "ބުނީމެވެ. ކޮށްލަދޭންވީ އެންމެ ކަމެކެވެ. ސިޓީކައުންސިލަށް ގޮސް ފޫޅުމާ ފޯމުގައި ސޮއިކޮށްލައި ދިނުމެވެ. އިތުރު އެއްވެސް ކަމެއް ބޭނުމެއް ނޫނެވެ. ދަރިފުޅާއި އަހުރެންގެ ފުރާނައިގެ ވެރިފަރާތުން ހުރިހާ ކަމެއްވެސް ބަލަހައްޓަވައި ދެއްވަވާނެތެވެ." 

އަހުރެންނަށްވެސް ފިރިއަކު ލިބި އޭނާ އާއިއެކު ދިރިއުޅެން ފެށީމެވެ. އެކައިވެންޏަށް 5 އަހަރުވީއިރު އިތުރު 2 ދަރިން ވަނީ ލިބިފައެވެ. ކުރީގެ ފިރިމީހާއަށް އަދި ދަރިއަކު ނުލިބެއެވެ. މިހާރު ބޭނުންވަނީ ފިރިމީހާ ގާތުން ވަރިކުރުވައިގެން އަލުން ކައިވެނިކުރާށެވެ.  

ދަރިފުޅަށް އެހީވާން ގެއަށް އަންނަން ފެށުމުން ބުނީމެވެ. އެހީ ދަރިފުޅުގެ ނަމުގައި އެކައުންޓެއް ހުޅުވައި ޖަމާކުރަމުން ގެންދާށެވެ. ދަރިފުޅު ދެކެން އައުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު އަންނަންވާނީ ފިރިމީހާ އަށް ގުޅައި އޭނާ ގޭގައި އުޅޭ ވަޤުތުތަކުގައެވެ. އެހިސާބުން ދަރިފުޅަށް އެހީވުމުގެ ވާހަކަ ހުއްޓިއްޖެއެވެ. ދެކެން ބޭނުންވުންވެސް ނިމިއްޖެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މާތް ލައްނަތް ލެއްވެވި އަޅުން ދެނެވޮޑިގެންވަނީ ހަމަ އެކަނި އެކަލާނގެއެވެ. ލައްނަތް ލައްވަވާފައި ނުވާ މީހަކު ދެރަކޮށް ނިކަމެތިކޮށްލަން އެފަދަ ބަހެއް ބުނުމަކީވެސް އެމީހަކަށް ލަޢްނަތް ލައްވަވައިފާނެ ކަމެކެވެ.  

ހަމަޤައިމުވެސް އަޅުގަނޑު މިހުރީ ﷲ ތަޢާލާގެ ބޮޑު ރަޙްމަތުގައެވެ. ފިރިމިހާއަކީ ރަންގަނޑެއް ފަދަ މީހެކެވެ. ދެމަފިރިން މަސައްކަތްކުރީމާ ފުދިގެން އުޅެވޭވަރަށް ފައިސާ އެބަލިބެއެވެ. ޢުމުރާ ވެވިއްޖެއެވެ. އުންމީދުކުރަމުން މިގެންދަނީ ޙައްޖު ކިޔޫގައި އަރައިހަމަކުރެވޭނެ ދުވަހަކަށެވެ.

 

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން