މަދަނީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭއްވި ތަމްރީން ޕްރޮގްރާމު ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
މަދަނީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭއްވި ތަމްރީން ޕްރޮގްރާމު ނިންމާލައިފި

މަދަނީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ހިންގި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގެ ނަމުގައި، ސިވިލް ސަރވިސް ކޮމިޝަންގެ ޓްރޭނިންގ އިންސްޓިޓިއުޓްގެ އެހީތެރިކަމާއެކު 1 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މިނިސްޓްރީގެ އެންމެހައި ސިވިލް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމު ނިންމުމުގެ ގޮތުން ސްޓެލްކޯގެ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހް ބައިވެރިވެެެރިންނާ މުޚާޠަބުކުރައްވާ ވާހަކަފުޅުދެއްކެވިއެވެ.

ޕްރޮގްރާމު ފުރިހަމަކުރެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން