ތުރުކީވިލާތުން ހަދިޔާކުރި މަނަވަރު ވެގެންދާނީ ދިވެހި އަސްކަރިއްޔާގެ އަރުމާޒަށް އިތުރުކުރެވިގެންދާ އެންމެ ބޮޑު އުޅަނދަށް: ޗީފް އޮފް ޑިފެންސް ފޯސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތުރުކީވިލާތުން ހަދިޔާކުރި މަނަވަރު ވެގެންދާނީ ދިވެހި އަސްކަރިއްޔާގެ އަރުމާޒަށް އިތުރުކުރެވިގެންދާ އެންމެ ބޮޑު އުޅަނދަށް: ޗީފް އޮފް ޑިފެންސް ފޯސް

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު ވެގެންދާނީ ދިވެހި އަސްކަރިއްޔާގެ އަރުމާޒަށް އިތުރުކުރެވިގެންދާ އެންމެ ބޮޑު އުޅަނދަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމާއި ކޮމިޝަން ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީގެ ލަޝްކަރީގެ ބާރު އެތައް ގުނައެއް އިތުރުކުރާނެ އުޅަނދެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާ ތަރައްޤީކުރެއްވުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވަމުން، ޙިލްމީ ވިދާޅުވީ ކައިރި މުސްތަޤްބަލެއްގައި ކަނޑުގެ އަސްކަރީ އިތުރު އުޅަނދުފަހަރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ތުރުކީވިލާތު ނޭވީގެ މަނަވަރެއް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ހޯއްދަވާދެއްވާ ދިވެހި ކަނޑުތައް ބެލެހެއްޓުމުގެ ޤާބިލުކަން ހޯއްދަވާ ދެއްވުމަށްޓަކައި ކައިރި މުސްތަޤްބަލެއްގައި އިތުރު އަސްކަރީ ކަނޑުގެ އުޅަނދުފަހަރު އެމަނިކުފާނު އެމްއެންޑީއެފަށް ހޯއްދަވާދެއްވާނެ،" ޙިލްމީ ވިދާޅުވިއެވެ.

އަދި މިއީ އަސްކަރިއްޔާ ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވަމުން ގެންދަވާކަމުގެ އަލިގަދަ ހެއްކެއްކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން