ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ)އާއެކު ސޮއިކޮށްފިއެވެ.

އިއްޔެ ސޮއިކުރެވުނު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ފެށި، ކުރިއަށް އޮތް 11 ވަރަކަށް މަސްތެރޭ ނިންމުމަށް ވަނީ ކަނޑައެޅިފައެވެ. މި މަޝްރޫގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް ޢިމާރާތްނިމޭ އިރު، ގޯތީގެ ވަށާފާރާއި، އޮފީހަށް ބޭނުންވާ ފަރުނީޗަރ ވެސް ލެވިފައި ހުންނާނެއެވެ.

އާރުސީސީއާ މި މަޝްރޫޢު ހަވާލުކުރީ، ކުރިން މި މަޝްރޫޢު ހަވާލުކުރި މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާއެކު ވެވުނު އެއްބަސްވުން ބާޠިލްކުރުމަށް ފަހުގައެވެ. ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް ތަރައްގީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން 100 އަށް ވުރެ ގިނަ ރަށުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ކައުންސިލް ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން