ކުންފުނީގެ ވިޔަފާރީގެ ސިޔާސަތަކީ މެދުފަންތީގެ ވިޔަފާރިތަކާއި ގުޅިގެން މަސައްކަތް ކުރިއަށްގެންދެވޭ ގޮތަށް އެކުލަވާލާފައިވާ ސިޔާސަތެއް: ވެމްކޯގެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކުންފުނީގެ ވިޔަފާރީގެ ސިޔާސަތަކީ މެދުފަންތީގެ ވިޔަފާރިތަކާއި ގުޅިގެން މަސައްކަތް ކުރިއަށްގެންދެވޭ ގޮތަށް އެކުލަވާލާފައިވާ ސިޔާސަތެއް: ވެމްކޯގެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ވިޔަފާރީގެ ސިޔާސަތަކީ މެދުފަންތީގެ ވިޔަފާރިތަކާއި ގުޅިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށް އެ ކުންފުނިން ބުނެފއިއެވެ.

މި ބަޔާނަކީ ވެމްކޯއިން ކައުންސިލްތަކާއި މަޝްވަރާކޮށް ވިޔަފާރި އުސޫލުން ބިން ހޯދުމާއި ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ނެރުނު ބަޔާނެކެވެ. ވެމްކޯއިން ވިދާޅުވެފައިވަނީ މީސްމީޑިއާގައި ދައުރުވަމުންދާ ލިއުމަކީ ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ.

ވެމްކޯއިން އިތުރަށް ފާހަގަކުރައްވާފައިވަނީ ކުނި މެނޭޖް ކުރުމުގެ މަސައްކަތަކީ ޒަމާނުއްސުރެ ސަރުކާރުން ސަބްސިޑައިޒް ކުރަމުން އަންނަ ޚިދުމަތެއް ނަމަވެސް، ދައުލަތަށް ބުރަ ބޮޑުނުވާ ގޮތަށް މި މަސައްކަތް އަރަނިވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ކުންފުނީގެ މެނޭޖްމަންޓުންވެސް މިކަމަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ވިދާޅުވިއެވެ.

ކުންފުނިން ދެއްވާ ޚިދުމަތްތަކާ ގުޅޭގޮތުން ވެމްކޯއިން ވިދާޅުވެފައިވަނީ ކޮންމެ ރަށެއްގައިވެސް ޚިދުމަތް ދޭ މަރުކަޒަކީ ޕްރޮފިޓް ސެންޓަރެއްގެ ގޮތުގައި ބަލައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ރަށުގެ އާބާދީ ކުޑަވުމުން ޚަރަދުތަކާއި ބައްދަލުކުރަން ވެއްޖެނަމަ ރައްޔިތުންނަށް އުފުލަން ޖެހޭ ބުރަ ބޮޑުވާނެތީ، ވިޔަފާރި ފުޅާ ކުރުމަށް ވަކި ސިޔާސަތެއް ކަނޑައަޅައި އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ފާހަގަކުރައްވާފައިވެއެވެ.

ވެމްކޯއިން އިތުރަށް ވިދާޅުވެފައިވަނީ އެކުންފުނީގެ ވިޔަފާރީގެ ސިޔާސަތަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް، މެދުފަންތީގެ ވިޔަފާރިތަކާއި ގުޅިގެން މަސައްކަތް ކުރިއަށްގެންދެވޭ ގޮތަށް އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށެވެ. އަދި ކުރިއަށްގެންދާ ހަރަކާތްތަކަކީ އެރަށެއްގައި ފައިދާވާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވޭ ވިޔަފާރިތައް ބަލައި ދިރާސާކުރުމަށް ފަހު ކުރިއަށްގެންދެވޭ މަސައްކަތްތަކެއް ކަމުގައި އެކުންފުނިން ފާހަގަކުރައްވާފައިވެއެވެ.

މިއަދު އޮންލައިން