ކްލިނިކަލް ޓްރީޓްމަންޓް ގައިޑްލައިން ފޮރ ދަ މެނޭޖްމަންޓް އޮފް ހައިޕަރތައިރޮއިޑިޒަމް އިން އެޑަލްޓްސް އާއްމުކޮށްފިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އާއި މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން އާއްމުކުރި މި ގައިޑްލައިން ތައްޔާރުކުރެއްވީ ޑރ. ފާތިމަތު ނާދިޔާއެވެ. މި ގައިޑްލައިނަށް ދިވެހި ރާއްޖޭގައި މަސައްކަތްކުރައްވާ ޞިއްޙީ ޙިދުމަތް ތެރިން އަހުލުވެރިކުރުވުމަށް 17 އޮގަސްޓް ގައި އޮންލައިން ވެބިނަރ އެއް ވަނީ ބާއްވާފައެވެ. މި ވެބިނަރގައި އެކި އެކި މުއައްސަސާތަކުން 38 ޞިއްޙީ ޙިދުމަތް ތެރިން ބައިވެރިވިއެވެ.
ހަބަރު: ސަރުކާރު