މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލައިފި

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީން، ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ ކޯސްތަކެކެވެ.

https://www.gazette.gov.mv/iulaan/355981

މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީ 4 ކޯހަކާއި ބެޗްލާރސް ޑިގްރީ 3 ކޯހަކަށެވެ. މީގެތެރެއިން ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް ސައިންސް، ކޯހުގެ ދެ ފުރުޞަތު ވަނީ ހުޅުވާލަފައެވެ.

https://www.gazette.gov.mv/iulaan/355979

މި ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މި ސްކޮލަރޝިޕްތައް ކުރިއަށްދާނީ އޭޝިއާ، އެސް.ޑަބްލިއު.އައި.އޯ.އެފް.ސީ މެމްބަރު ޤައުމުތަކާއި، އޯ.އީ.ސީ.ޑީ ޤައުމުތަކުގައެވެ.

މި ސްކޮލަރޝިޕްތަކުގައި ކޯސް ފީގެ އިތުރުން އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ.

މިއީ މަސްވެރިކަމުގެ ދާއިރާގައި ކުރިއަށް ދިއުމަށް ލިބިގެންދާ ފުރުސަތެކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން