ޖުމްހޫރީ މައިދާން ބަސްހުއްޓިއަށް ބަސްތައް މަޑުކުރުން އޮކްޓޫބަރުމަހުގެ 13 ވަނަ ދުވަހާއި ހަމައަށް މެދުކަނޑާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޖުމްހޫރީ މައިދާން ބަސްހުއްޓިއަށް ބަސްތައް މަޑުކުރުން އޮކްޓޫބަރުމަހުގެ 13 ވަނަ ދުވަހާއި ހަމައަށް މެދުކަނޑާލައިފި

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތާ ގުޅިގެން، ޖުމްހޫރީ މައިދާން ބަސްހުއްޓިއަށް ބަސްތައް މަޑުކުރުން އޮކްޓޫބަރުމަހުގެ 13 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.

އެމްޓީސީސީން މިކަން ނިންމާފައިވަނީ މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ބަންދުކޮށްފައިވުމާ ގުޅިގެންނެވެ. މި މަސައްކަތާ ގުޅިގެން އެމްއެމްއޭގެ ސަރަހައްދުން ފެށިގެން އިއްޒުއްދީން ޖެޓީއާ ހަމައަށް އޮންނަ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

އެމްޓީސީސީން ބުނާ ގޮތުގައި މި މުއްދަތުގައި އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ އާރު 12 ރޫޓަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. މި ބަދަލާ ގުޅިގެން އޮގަސްޓް 18 އިން ފެށިގެން އޮކްޓޫބަރު 13 ގެ ނިޔަލަށް މި ރޫޓްގެ ބަސްތައް ޖުމްހޫރީ މައިދާން ބަސް ހުއްޓިއަށް މަޑުނުކުރާނެއެވެ.

"މި ބަދަލާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް އަޅުގަނޑުމެން މަޢާފަށް އެދެމެވެ،" އެމްޓީސީސީން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ މަގު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާންމު ދަތުރުފަތުރުގެ ނިޒާމަށް ވަގުތީ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން