ނަފުސާނީ ފަރުވާއަށް ބޭނުންވާ ބޭސް އެސްޓީއޯ މެދުވެރިކޮށް ގެންނަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ނަފުސާނީ ފަރުވާއަށް ބޭނުންވާ ބޭސް އެސްޓީއޯ މެދުވެރިކޮށް ގެންނަނީ

ނަފުސާނީ ފަރުވާއަށް ބޭނުންވާ ބޭސް އެސްޓީއޯ މެދުވެރިކޮށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ އެކިއެކި ކަންކަމަށް ބޭނުންވާ ބައެއް ބޭސްތައް ލިބުމުގެ ދަތިތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ޕެޓިޝަނަކާ ގުޅިގެން، ކޮމިޓީއަށް ސިއްޙަތާބެހޭ ވުޒާރާއާއި އެމްއެފްޑީއޭގެ އިސް ބައެއް ވެރިން ވަނީ ހާޒިރުކޮށްފައެވެ.

އެމްއެފްޑީއޭގެ ސީނިއަރ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވި ގޮތުގައި ނަފުސާނީ ބަލި ހުންނަ ފަރާތްތަކަށް ދޭ ބޭހަކީ މިހާރު ނެޝަނަލް އެސެންޝަލް މެޑިސިން ނުވަތަ ކޮންމެހެން ބޭނުންވާ ބޭހެއްގެ ގޮތުގައި ލިސްޓުކުރެވިފައިވާ ބޭސްތަކެކެވެ.

"މި ބޭސްތައް ގެނައުމަށް އެސްޓީއޯއިން ވަރަށް ބޮޑު މަސައްކަތްތަކެއް އެބަ ކުރޭ. އެހެންނަމަވެސް ސަޕްލައިކޮށްދޭނެ ބައެއް ނެތިފައި ވަނީ. ބޭސް ރާއްޖެ އެތެރެކުރުމަށް ފަހު، ފާމަސީތަކަށް ރީޗްކުރުމަކީ ސީދާ ސަރުކާރުން ކުރާ ކަމެއް ނޫން. އެކަމަކު ހެލްތު މިނިސްޓްރީ އާއި އެސްޓީއޯއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ ބޭސްތައް ރާއްޖެ ގެނެސް ބޭސް ފިހާރަތަކުން ލިބޭ ގޮތް ހެދުމަށް ލާޒިމް ކުރޭ،" ޖަލީލާ ވިދާޅުވިއެވެ.

ރާއްޖެއަކީ 100 އިންސައްތަ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވުމުން، ބޭސް ހުސްވާ ވަގުތުން އެ ބޭސް އެތެރެ ނުކުރެވުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށާއި، ގިނަ ފަހަރު ދިމާވާ ގޮންޖެހުމަކީ ކާގޯއިން ބޭނުންވާ ޕްލޮޓް ނުލިބިގެން ކަމަށް ޖަލީލާ ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ ކުރީކޮޅު ބޭސް ނުލިބުމުގެ މައްސަލަ ހުރިނަމަވެސް، ސިއްޙީ ވުޒާރާއާއި އެސްޓީއޯއާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުން ބޭހުގެ މައްސަލަ ހައްލުވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން