ރައީސް މާޅޮހަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރައީސް މާޅޮހަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު މާޅޮހަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައެވެ. އަދި ރައްޔިތުންނާވެސް ބައްދަލުކުރައްވާނެ ކަމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ މާޅޮހުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އެ ރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާވެސް އަޅުއްވައިދެއްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިތުރު މުހިންމު ރަސްމިއްޔާތެއްގެ ގޮތުގައި، މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއެއް ޤާއިމުކޮށް، އެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޚިދުމަތް ފެށުމުން މާޅޮހު ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ރަށްރަށުގެ ތަރައްޤީއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައި، ރައްޔިތުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދު އޮންލައިން