މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު 730 ދުވަސްތެރޭ ނިންމާގޮތަ އާރުޑީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު 730 ދުވަސްތެރޭ ނިންމާގޮތަ އާރުޑީސީއާ ހަވާލުކޮށްފި

އއ. މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު 53.8 މިލިއަން ރުފިޔާގެ އަގުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާޅޮހުގައެވެ. އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.

މި މަޝްރޫޢުގެ ދަށުން މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި މަގުތައް ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

މި މަޝްރޫޢު ނިމުމުން މާޅޮހުގެ ރައްޔިތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ރަށުގެ މަގުތަކުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ސަރުކާރުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން