އުރީދޫ ނޭޝަން އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އުރީދޫ ނޭޝަން އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

އުރީދޫ ނޭޝަންއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އުރީދޫ ނޭޝަން އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 މިމަހުގެ 15 ވަނަ ދުވަހު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މިމަހުގެ 7 ވަނަ ދުވަހު ފެށުނު މި މުބާރާތަކީ ވިޔަފާރި ކުންފުނިތަކުގެ މެދުގައި އީ-ސްޕޯޓްސްގެ މަގުބޫލުކަން އިތުރުކޮށް، އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަޤްޞަދުގައި ބޭއްވުނު މުބާރާތެކެވެ.

މި ޗެމްޕިއަންޝިޕްގައި ހިމެނުނު މުބާރާތްތަކުގެ ތެރޭގައި ޕަބްޖީ މޮބައިލް، ޕަބްޖީ ލެޖެންޑްސް، ބޭންގްބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ހިމެނެއެވެ. އީއޭއެފްސީގައި 20 ކުންފުންޏަކުން 47 ކުޅުންތެރިން ބައިވެރިވެފައިވާއިރު، އެމްއެލްބީބީގައި 5 ކުންފުންޏަކުން 64 ކުޅުންތެރިން އަދި ޕަބްޖީ މޮބައިލްގައި 9 ކުންފުންޏަކުން 52 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ.

އުރީދޫގެ ހެޑްކުއާރޓާޒްގައި ކުރިއަށްގެންދެވުނު މި މުބާރާތުގެ އެކި ކެޓަގަރީތަކުން ޗެމްޕިއަންކަން ހޯދި ފަރާތްތަކުގެ ތެރޭގައި ޕަބްޖީ މޮބައިލްއިން ޔުނައިޓެޑް ބީއެމްއެލް އެސްޑީއެމްޒެޑްގެ ޓީމާއި، މޮބައިލް ލެޖެންޑްސް ބޭންގް ބޭންގްއިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި އީއޭއެފްސީއިން މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ޖަނާން މުހަންމަދު ހިމެނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިއީ އުރީދޫ ނޭޝަންއިން އިންތިޒާމުކޮށްގެން ބޭއްވި ދެވަނަ އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ކަމާއި، މި މުބާރާތް ވަނީ ވަރަށް ކާމިޔާބު މުބާރާތަކަށް ވެފައެވެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ އިތުރަށް ކުރިއަރައި، އޮފީސްތަކުގެ މެދުގައި އެކުވެރިކަމުގެ ގުޅުން ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން